ads
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް
ބަންކަރިން ޕްރޮޖެކްޓުން ސަރުކާރަށް ޓެކްސް އާމްދަނީ އިތުރުވެގެންދާނެ: ޝިމާދު
ބަންކަރިން ޕްރޮޖެކްޓާއެކު ސަރުކާރަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެގެންދާނެ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯ އާއި މަލްޓިނޭޝަނަލް އެނާޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ، ވިޓޯލް ގުރޫޕާއި ދެމެދު ޓާމް ޝީޓެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ބަންކަރިން ޕްރޮޖެކްޓުގެ ޓާމް ޝީޓުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދް އިބްރާހިމެވެ. ވިޓޯލް ކޮންޕެނީގެ ފަރާތުން ސޮއިކުރެއްވީ ޑައިރެކްޓަރު ޖޭ ޔަންގްއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ ބަންކަރިން ޕްރޮޖެކްޓާއެކު ރާއްޖޭގެ އިގްތިސޯދަށް އެކި ގޮތްގޮތުން ފައިދާ ވާނެ ކަމަށެވެ.

ޝިމާދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސަބަބުން ސަރުކާރަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެގެންދާނެ ކަމަށާއި، އަދި ކުންފުނީގެ އާމްދަނީ ވެސް އިތުރުވެ ސްޓޭކް ހޯލްޑަރުންނަށް އޭގެ ސަބަބުން ބޮޑެތި ފައިދާ ކުރާނެ ކަމަށެވެ.

your imageއިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް ގާއިމްކުރުމާ ބެހޭ ޓާމް ޝީޓުގައި އެސްޓީއޯ އާއި ވިޓޯލްއާ ދެމެދު ސޮއިކުރަނީ 

ބަންކަރިން ޕްރޮޖެކްޓާއެކު ރާއްޖޭގެ ފޮރިން އެކްސްޖޭންޖްގެ ރިޒާވް އިތުރުވެގެންދާނެ ކަމަށް ޝިމާދު ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއްކުރާނެ މަޝްރޫއެއްގެ ގޮތުގައި އޭނާ ސިފަކުރެއްި އެވެ.

ވިޓޯލް އާއި އެސްޓީއޯއިން ސޮއިކުރި ޓާމް ޝީޓުގެ ބޭނުމަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސްވާ މުއްދަތެއްގައި ފުރިހަމަކޮށް ނިންމުމެވެ. 

ބަންކަރިން ފެސިލިޓީ ހިންގުމުގެ އެކްސްކްލޫސިވިޓީ ހަވާލުކޮށްފައިވާ އެސްޓީއޯއާއިން ބުނީ، ޓާމް ޝީޓާ ގުޅިގެން ހެދޭ އެއްބަސްވުމުގައި، އެ ކުންފުނި ވާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ފިޒިކަލް ބަންކާ ސަޕްލަޔަރަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް