ads
ރަޝިއާއަށް ދިން ހަމަލާ
ހަތިޔާރު އެޅި ބަޔަކު ރަޝިޔާއަށް ވަރުގަދަ ހަމަލާތަކެއް ދީފި
ރަޝިއާގެ ހުޅަނގުގެ ކޫރްސްކް ސަރަހައްދަށް ހަތިޔާރާއެކު އަރައި ހަމަލާތައްދިން ރަޝިއާގެ އިދިކޮޅު ޖަމާއަތުގެ ފަހަތުގައިވަނީ ޔުކްރެއިންކަމަށް ރަޝިއާއިން ބުނެފި އެވެ.

މި ހަމަލާތަކުގައި ޔޫކްރެއިންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމުގައި އެ ގައުމުން ބުނެއެވެ. ނަމަވެސް, މި ހަމަލާތައް ދީފައި މި ވަނީ, ރަޝިޔާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައަށް ދެ އަހަރު ފުރިފައިވާ ވަގުތެއްގަ އެވެ.

ރަޝިއާގެ އަމަނާބެހޭ ފަރާތްތައް ހަވާލާދީ އެގައުމުގެ މީޑިއާއިން ބުނާގޮތުން މި ހަމަލާތައް ދީފައިވަނީ "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ނަމަކަށްކިޔާ ބާގީ ޖަމާއަތަކުންނެވެ. އަދި އެ ޖަމާއަތުގެ މެންބަރުން މިހާރުވަނީ ކޫރްސްކް ސަރަހައްދުން ފައްސާލައި ވިއްސި ވިހާލިކޮށްލެވިފަ ކަމަށް ރަޝިއާގެ އަމަނާބެހޭ ފަރާތްތަކުން ބުނެއެވެ. 

ކޫރްސްކުގެ ގަވަރުނަރު ވިދާޅުވީ, ޔޫކްރެއިންގެ ފައުޖުތަކުން ޗިއޯތްކިނާއަށް ހަމަލާތަކެއް ދީފައިވާ ކަމަށާއި, އެ ހަމަލާތަކުގައި އާންމުންގެ ދެ މީހަކު ޒަހަމުވެފައިވާ ކަމުގައެވެ.  

ރަޝިޔާގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ ސަރުކާރާ އިދިކޮޅު ކުދިކުދި ޖަމާއަތްތައް ހަރަކާތްތެރިވެއެވެ. މީގެތެރޭގައި "ފްރީޑަމް އޮފް ރަޝިޔާ ލިޖަން" ޖަމާއަތުގެ އިތުރުން ރަޝިއަން ވޮލަންޓިޔަރ ކޯއާއި ސައިބީރިޔަން ބެޓެލިޔަން ފަދަ ކުދި ޖަމާއަތްތައް ހިމެނެއެވެ. 

2022 ވަނަ އަހަރުގެ ފެބުރުއަރީ މަހު ރަޝިއާއިން ޔޫކުރޭނަށް އަރައި ހަމަލާ ދޭން ފެށިފަހުން ރަޝިއާ ސަރުކާރާ އިދިކޮޅު ގްރޫޕްތަކުން އަންނަނީ ޔުކްރޭނަށް ތާއީދުކޮށް ރަޝިޔާގެ އެތެރަށް ހަމަލާ ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް