ads
އުރީދޫއިން ރޯދަމަހާ ދިމާކޮށް ތައްޔާރުކުރި ކުރު ފިލްމުގެ ތެރެއިން
"ގައުމެއްގެ ރައުސުލްމާލަކީ އިސްރަށްވެހިންކަން ދަންނަމާ"
ގައުމެއްގެ އެންމެ މުހިއްމު ރައުސުލްމާލަކީ އިސްރަށްވެހިންނެވެ. މިއީ ނިކަން ގިނައިން އަޑުއިވޭ، ނަމަވެސް ގިނަފަހަރު އެ ޖުމްލައިގެ ހަގީގީ މާނަ އިހުސާސް ނުކުރެވޭ ވާހަކައެކެވެ. އަހަރެމެންގެ ޒުވާން ޖީލު މާ ބޮޑަށް ފަރުވާލެއް ނެތް މައުލޫއެކެވެ.
Advertisement

މި ރަމަޟާން މަހާ ދިމާކޮށް އުރީދޫއިން ވަނީ މުހިއްމު މެސެޖަކާއެކު އިސްރަށްވެހިންގެ ހައްގުތަކާއި އެމީހުންނަށް ދޭންޖެހޭ ގަދަރުގެ މަތިން ހަނދާން ކޮށްދީފަ އެވެ. އުރީދޫއިން ރޯދައަށް ދޫކޮށްލީ ގައުމުގެ މި އަގުބޮޑު ރައުސުލްމާލުގެ މުހިއްމުކަން ދައްކުވައިދޭ އަސަރުގަދަ ކުރު ފިލްމެކެވެ.

ފިލްމުގައި ފެންނަނީ ގެއެއްގައި މާޔޫސްކަންމަތީ ދިރިއުޅެމުންދިޔަ އުމުރުން ދުވަސްވީ ދައްތައެކެވެ. އެ ދައްތަގެ އެކަނިވެރި ހަޔާތް ފަޅުފެލިވައިދެނީ ތުއްތު ސާރާ އެވެ. ދައްތަގެ ގެ ކައިރީގައި ސާރާ ކުޅެން އުޅުމުގެ ތެރޭގައި ބޯޅައިން ޖެހި ދައްތަގެ ފިރިމީހާއާއެކު ނަގާފައިވާ ފޮޓޯގަނޑު ވެއްޓި ތަޅައިގެންދެ އެވެ. އެއާއެކު އެ ދައްތައަށް ލިބުނު ނުތަނަވަސްކަން ފިލުވާލަނީ ސާރާ މައާފަށް އެދި ކުޅުމުގައި ދައްތަވެސް ބައިވެރި ކުރުމުންނެވެ.

އެއަށްފަހު ފެންނަނީ އެކިދުވަސް މަތިން ސާރާ އެ ދައްތަގެ ގެއަށް ގޮސް ތަފާތު ހަދިޔާ ދޭ ތަނެވެ. އަދި ގިނަ ވަގުތު ދައްތައާއެކު ހޭދަކޮށް އެ ދައްތަގެ މޫނުމައްޗަށް ހިނިތުންވުން ގެނުވައިދެ އެވެ. ކުރިން ތަޅައިގެންދިޔަ ފޮޓޯ ފްރޭމް ވެސް ސާރާގެ މަައިންބަފައިންގެ އެހީގައި އަލުން ހަދައިދީ އެ ފްރޭމް ދައްތައަށް ހަދިޔާކޮށް އިންތިހާ އުފާވެރިކަން ގެނުވައިދެ އެވެ. ދެން ފެންނަނީ ސާރާ އާއި އާއިލާއާއެކު އެ މުސްކުޅި ދައްތަ ރޯދަވީއްލުމެއްގައި ބައިވެރިކުރާ ތަނެވެ. ދައްތަގެ ކުރީގެ އެކަނިވެރި ދިރިއުޅުން ބަދަލުވެ އުފާވެރިކަމާ ހިތްހަމަޖެހުން ގެނުވާ ތަނެވެ. 

އުރީދޫގެ މި ކުރު ފިލްމުން ދައްކުވައިދެނީ އިސްރަށްވެހިންގެ މުހިއްމުކަމެވެ. އެމީހުންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުމެވެ. ގައުމުގެ މި މުހިއްމު ރައުސުލްމާލުގެ ހައްގުތައް އަދާކޮށްދީ އެމީހުން އުފަލުގައި ބޭތިއްބުމަށް އެންމެން ވެސް މަސައްކަތްކުރަން ޖެހޭ ކަމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް