ads
ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު
ޓެލެގްރާމް ޗެނަލްތަކެއް ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފި
ތަފާތު އެކި ކުށްތަކަށް އަރައިގަތުމަށް ހިންގަމުން އައި ދިވެހި ޓެލެގްރާމް ޗެނަލްތަކެއްގެ މައްސލަަ ތަހުގީގުކޮށް އެ ހުއްޓުވައި ބަޔަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުން މިއަދު ބުނެފިއެވެ.
Advertisement

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ތަހުގީގުކޮށްފައިވަނީ ޓެލެގްރާމުގައި ހިންގަމުން އައި "ޖަޒީރާ އެޑްމިން" އާއި "ޖަޒީރާ ގާލްސް" ނަމަކަށް ކިޔާ ޗެނަލެއްގެ އިތުރުން "ޖަޒީރާ ލިންކް ހަބަރު"ގެ ނަމުގައި ހިންގަމުން އައި ޗެނަލްތަކެއް ކަމަށެވެ.

ފުލުހުން ބުނީ މި ޗެނަލްތަކަކީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޗެނަލްތަކެއް ކަމަށެވެ. މި ޗެނަލްތަކުގެ މައްސަލަ ބަލައި، އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިން އާއި ޑްރަގް ޓްރެފިކިން އާއި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި ބެހުމުގެ ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ.

"މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތްތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ މީހުންގެ މާލީ މުއާމަލާތްތަކުން އެނގޭ ގޮތުގައި، އެއީ އެ މީހުން ކުރާ މަސައްކަތާ ނުބައްދަލު މުއާމަލާތެއްކަން ފުލުހުންނަށް ފާހަގަވެފައިވާކަމަށް ވެސް ބުންޏެވެ.

އެ މީހުން ހައްޔަރުކުރީ ހަތަރު ތަނެއް ބަލައި ފާސްކޮށް، މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުން ހޯދުމަށްފަހުގައެވެ. އެ ތަކެތިން ހެކި ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިހާރު މި ދެ މީހުން ވެސް ތިބީ ދެވަނަ ފަހަރަށް ބަންދު ޖަހައި، 30 ދުވަހަށް ބަންދުކޮށްފަ އެވެ.

އެކި ބާވަތުގެ މަސްތުވާތަކެތީގެ އިތުރުން ބަދުއަހުލާގީ ފޮޓޯ، ވީޑިއޯ ވެސް އެ ޗެނަލުގައި އިސްތިހާރުކޮށް ވިއްކަމުންދިޔަ އެވެ. އަދި ހަށިވިއްކުމަށް ވެސް ބައެއް އިސްތިހާރުތައްކޮށްފައި ހުއްޓެވެ.

އެ ގްރޫޕުގައި އާންމުކޮށް އިސްތިހާރު ކުރަމުންދިޔައީ ޕާޓީ ޑްރަގްސް އާއި ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނަބިސްގެ ބާވަތްތަކެވެ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މިފަދަ ކުށްކުރުމަށް ހިންގާ ޗެނަލްތަކާއި ސައިޓުތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އެއާއެކު ފުލުހުން އިސް ނަގައިގެން އަންނަނީ ޝައްކު ކުރެވޭ ތަންތަނާއި މީހުން ވެސް ބަލައި ފާސްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް