ads
ރައީސް ޑރ. މުއިއްޒު
ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން: ރައީސް
ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މ.މުލަކުގެ އާންމު ރައްޔިތެއް ކަމުގައިވާ ނަޝީދާ ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންރައީސް ވިދާޅުވީ ވާނުވާގައި ބަންދު ކުރުމުގެ މައްސަލަ ހައްލު ކުރުމަކީ ވެވިފައިވާ ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދު ކަމަށެވެ. 

އެ މައްސަލަ ހައްލުކުރުމަށް މިހާރު ދަނީ ގާނޫނަށް އިސްލާހުތަކެއް ގެނެއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

"ކުރިޔަށް އޮތް ތަނުގައި އެކަމަށް ގާނޫނީ ހައްލެއް ގެނެއުމުގެ މަސައްކަތް ކުރަމުން މި ދަނީ." ރައީސް ވިދާޅުވި އެވެ

ތަހުގީގު މަރުހަލާގެ ކަންތައްވެސް މިހާރަށް ވުރެން ހަރުދަނާކޮށް ރަނގަޅު ކުރުމުގެ މަސައްކަތް މިހާރުވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ 

ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއުކޮށް، ބަންދަށް ލުއިދީ ދޫކޮށްލެވެން ތިބި މީހުން ދޫކޮށްލަން ނިންމާފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވަނީ ވިދާޅުވެފަ އެވެ.

ރައީސް މިހެން ވިދާޅުވެފައިވާ އިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ ވާނުވާގައި ތިބި ހުރިހާ ގައިދީން ހައްޔަރުކޮށްފައިވަނީ ކޮންކަހަލަ މައްސަލަތަކަކާ ގުޅިގެންތޯ، ބަލައި މީގެތެރެއިން އެއްވެސް މީހަކީ ލުޔެއްދެވިދާނެ މީހެއްތޯ ބަލާ ޕީޖީ އާއި ކޯޓުތަކާ ގުޅިގެން އެފަދަ ލުޔެއެއް ދެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން: ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް އަލުން ރިވިއުކުރަނީ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް