ads
ސަންޗޯ
ސަންޗޯގެ ލަނޑާއެކު ޑޯޓްމަންޑް ކުއާޓާއަށް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގެ މެޗު ން މޮޅުވެ، ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި ޕީއެސްވީ އައިދޯވަން ދަނޑުގައި ޑޯޓްމަންޑް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ރޭ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ކުޅުނު މެޗުން 2-0 އިން މޮޅުވެ، އެގްރިގޭޓަށް ބަލާއިރު، 3-1 އިން ކުރިހޯދީ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޑޯޓްމަންޑަށް ލީޑުނަގައިދިނީ، ތިން ވަނަ މިނިޓްގައި ޖޭޑަން ސަންޗޯ އެވެ. ޑޯޓްމަންޑުން ދެ ވަނަ ގޯލު ޖެހީ، މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ބަދަލަކަށް ކުޅެން އެރި މާކޯ ރެއުސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް