މާލޭ ސިޓީ ކައުންސިލްއިން ބުނީ މާލޭ މަގުމަތީ ކުނި ބެހެއްޓި މީހަކު މާފަންނު ވިލީ ފުލުހާއި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖުމެންޓު ޔުނިޓާއި ގުޅިގެން ހޯދައި ފުލުހަށް ހާޒިރުކޮށް ވަނީ ޖޫރިމާނާ ކުރެވިފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނި ވެސް މާލޭގެ މަތުމަތިން ވަނީ 42 ޓަނުގެ ކުނި ނަގައިފަ އެވެ. މިދިިޔަ 16 ވަރަކަށް ދުވަހުގެ ތެރޭގައި މާލޭގެ މަގުތަކުން 200 ޓަނަށް ވުރެ ގިނަ ކުނި ނަގާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
މާލޭގެ މަގުތަކަށް ގޭގެއިން ގިނަ އަދަދަކަށް ކުނި ނެރެ، ގޮނޑުކުރަމުންދާ މައްސަލާގައި މިހާތަނަށް 100 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ކުރަމުން އަންނައިރު ރޭ ވަނީ 17 ޕިކަޕެއްގައި 350 ކިލޯގެ ކުނި ނަގާފައެވެ.
އަދި 11 ޕިކަޕެއްގައި 1.5 ޓަނުގެ ކުނި ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދީފައިވެ އެވެ.
އަދި މަގުތަކަށް ކުނި ދޫކޮށްލުމުގެ ބަދަލުގައި ގޭބިސީތަކުން އުކާލާ ހިފައިގެންގުޅޭ ސާމާނާއި ފަރުނީޗަރު ފަދަ ތަކެތި އުކާލުމަށް ވެމްކޯއިން ދޭ ކެޕްސް ހިދުމަތް ހޯދުމަށް ސިޓީކައުންސިލުން އެދިފައި ވެއެވެ.
އިތުރަށް ކިޔާލަން: މަގުމަތީގައި ކުނި ބެހެއްޓި 100 މީހަކު ޖޫރިމަނާކޮށްފި