ads
ވިލިމާލޭގައި ދުއްވާނެ ބަގީ
ވިލިމާލެ ބަގީގެ ހިދުމަތް އަލުން ފަށަނީ
ވިލިމާލެ ބަގީގެ ހިދުމަތް އަލުން ފަށަން މާލޭ ސިޓީ ކައުންސިލްއިން ނިންމާފައި އެވެ.
Advertisement

ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެން ވިލިމާލޭގައި ދޭން ފެށި ބަގީގެ ހިދުމަތް ކުރިއަށް ނުދާތީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން މާލޭ ސިޓީ ކައުންސިލުން ފަށަން ފާސް ކުރީ މިއަދު އެ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން ނެވެ. 

މިދިޔަ އޭޕްރިލް މަހު މާލޭ ސިޓީ ކައުންސިލުން ފެށި ބަގީގެ ހިދުމަތަށް 2.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 10 ބަގީ ގެނެސް ޕިންކް ސްކައި ކުންފުންޏަށް މަހަކު 390،000ރ. ދީގެން ބަގީގެ ހިދުމަތް ދޭން ސޮއިކުރި ނަމަވެސް އެ ހިދުމަތް ގަވައިދުން ނުދެވެ އެވެ. 

ހިދުމަތް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ވިލިނގިލީ ރައްޔިތުން ބުނެ އެވެ. 

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ހުވާކުރެއްވިއިރު ގިނަ ބަގީތައް ހުރީ ހަލާކުވެ، ނުދުއްވޭ ވަރު ވެފައި ކަމަށާއި ބަގީތަކުގެ ތެރެއިން ދެ ބަގީއެއް ކައުންސިލުން މަރާމާރުކޮށްގެން އޮޕަރޭޓް ކުރިޔަސް، ހާލަތު ވަރަށް ދަށް ކަމަށެވެ. 

"ގޭދޮށަށް ބަގީގެ ހިދުމަތް ދެވޭތީ ބަހަށް ވުރެ ބައެއް ހާލަތްތަކުގައި ރައްޔިތުން އެދެނީ ބަގީއަށް" އާޒިމް ވިދާޅުވި އެވެ.

އާޒިމް ހުށަހެޅުއްވީ މިހާރު ހުރި ބަގީތައް މަރާމާތުކޮށްގެންނާއި އާ ބަގީ ހޯދައިގެން ނަމަވެސް އެ ހިދުމަތް ކައުންސިލުން ދޭ ގޮތަށެވެ.

އާޒިމް ވިދާޅުވީ ބަގީ ހިދުމަތް ކުންފުންޏަކާ ހަވާލުކޮށްގެން ކުރާއިރު އަހަރެއްގެ މައްޗަށް 4.7 މިލިއަން ރުފިޔާ ހަރަދުވާ ކަމަށާއި ކައުންސިލުން ކުރާ ނަމަ ހޭދަވާނީ 1.5 މިލިއަން ރުފިޔާ ކަމަށެވެ. އެހެންވެ މި ނިންމުމާ އެކު ހިދުމަތް ރަނގަޅުކުރުމުގެ އިތުރުން ހަރަދު ވެސް ސަލާމަތްވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް