ads
މިއަދުގެ ވޯޓްލުމުގެ ތެރެއިން
ރީ ރަޖިސްޓާ ކުރުމަށް 5202 އެޕްލިކޭޝަން ލިބިފައިވޭ: އީސީ
ރީ ރަޖިސްޓާ ކުރުމަށް 5202 އެޕްލިކޭޝަން ލިބިފައިވޭކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު އާންމުކުރި ގޮތުގައި އަންގާރަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 5202 އެޕްލިކޭޝަން ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 4718 އެޕްލިކޭޝަން އެއް އެކްސެޕްޓް ކުރެވިފައިވާ ކަމަށެވެ. 

އަދި 484 އެޕްލިކޭޝަންއެއް ރިޖެކްޓު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އީސީން ބުނިގޮތުގައި ރީ ރަޖިސްޓްރޭޝަން އަށް ހުޅުވާލުމާއި އެކު އިންޑިއާ އަށް 50 މީހުން، މެލޭޝިއާ އަށް 463 މީހުން، ސްރީލަންކާ އަށް 241 މީހުން، ތައިލޭންޑް އަށް 7 މީހުން، އިނގިރޭސި ވިލާތަށް 52 މީހުން އަދި ޔޫއޭއީ އަށް 14 މީހުން ރަޖިސްޓްރީ ވާން އެދިފައިވާ ކަމަށެވެ.

އެއިދާރާއިން ބުނީ އެންމެ ގިނަ އެޕްލިކޭޝަން ލިބިފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ ދުވަހު އޮންލައިންކޮށް 1513 އެޕްލިކޭޝަން އަދި އީފާސް މެދުވެރިކޮށް 1073 އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.

އަންގާރަ ދުވަހު އޮންލައިންކޮށް ހުށަހެޅި ފޯމްތަކުންގެ ތެރެއިން 1345 ފޯމް އެކްސެޕްޓް ކުރެވިފައިވާ އިރު 168 ފޯމް އެއް ވަނީ ރިޖެކްޓުކުރެވިފައި ކަމަށް އެ އިދާރާއިން ބުނެ އެވެ. 

އަދި އީފާސް މެދުވެރިކޮށް ހުށަހެޅި ފޯމްތަކުގެ ތެރެއިން 1028 ފޯމް އެކްސެޕްޓް ކުރެވިފައިވާ އިރު 45 އެޕްލިކޭޝަން ވަނީ ރިޖެކްޓުކުރެވިފައި ކަމަށް އީސީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް