ދުނިޔެއިން ފުރަތަމަ ވޯޓަރމެލޯން ފެނިފައިވަނީ މީގެ 5000 ވަރަކަށް އަހަރު ކުރިން ދެކުނު އެފްރިކާއިން ކަމަށް ބުނެވެއެވެ. މީލާދީން 2000 ވަނަ އަހަރުގެ ތެރޭގައި. މި މޭވާއަކީ ގަދީމީ މިސުރުގައި އާލާކޮށް ކޮންމެ ދުވަހެއްގެ ކާނާއަކަށް މިސްރު މީހުން ބޭނުންކުރި އެއްޗެކެވެ.
އަދި މި ސިއްހަތަށް ފައިދާހުރި ކަރާއަކީ އިސްރާއީލީން ކެއުމަށް ބޭނުންކުރި މައިގަނޑު ކާނާއެއްގެ ގޮތުގައި ބޭނުންކުރަމުންދާ އެމީހުންގެ ފޮތްތަކުގައި ވެއެވެ.
ފަލަސްތީނުގެ ފަންނާނު ސަންޑްރާ ވަޓްފާ ބުނާ ގޮތުގައި ފަލަސްތީނަށް ވިސްނާލުމުން ސިކުނޑިއަށް އަންނަނީ ވޯޓަރމެލޯން އެވެ. ފަހަރެއްގައި މަޑު ވައިރޯޅިއެއްގެ ތެޅުންގަނޑަށް ތެޅިފޮޅެމުންދާ ޒައިތޫނި ގަސްތަކުގެ ގަސްގަހާގެހި ތިބާއަށް ތަސައްވުރު ކުރެވިދާނެއެވެ. ނަމަވެސް ތާރީހު ބުނަނީ ފަލަސްތީނާއި ވޯޓަރމެލޯން ގުޅުވާލެވިދާނެ ހަގީގަތްތަކެވެ.
ވަޓްފާ ބުނާގޮތުން ވޯޓަރމެލޯން އަކީ 1967 ވަނަ އަހަރު ޔަހޫދީ އިސްރާއީލުގެ އިސްތިއުމާރީ ޖަމާއަތުން ފަލަސްތީނުގެ ދިދަ މަނާކުރި ފަހުން ފަލަސްތީނުގެ އެއްބައިވަންތަކަމާއި ދެކޮޅުވެރިކަމުގެ ނިޝާނެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތް މޭވާއެކެވެ.
އެފްރިކާއިން މި މޭވާ ޔޫރަޕަށް ވަދެ 7 ވަނަ ގަރުނުގެ ތެރޭގައި ކާމިޔާބުކަމާއެކު އުފެއްދި އެވެ. ފަހުން 10 ވަނަ ގަރުނުގެ ތެރޭގައި ޗައިނާއަށް މި މޭވާ ދަތުރުކުރި އެވެ. މިވަގުތު ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ކަރާ އުފައްދާ އެއް ގައުމެވެ. މިވަގުތު މުޅި ދުނިޔޭގައި ތަފާތު 96 ގައުމެއްގައި ހައްދާ ތަފާތު 1200 ވައްތަރެއްގެ ވޯޓަރމެލޯން ހުރެއެވެ.
ސިއްހަތަށް ފައިދާހުރި ނުވަދިހަ ޕަސެންޓް ފެން އެކުލެވޭ ކަރާއަކީ 13 ވަނަ ގަރުނުގައި ޔޫރަޕްގައި އަދި 10 ވަނަ ގަރުނުގެ ތެރޭގައި ޗައިނާގައި އިންދައިފައިވާ މޭވާއެކެވެ. ވޯޓަރމެލޯން އާއި ބެހޭ އަނެއް ޝައުގުވެރި ހަގީގަތަކީ ޖަޕާނުގައި ވޭތުވެދިޔަ 40 އަހަރު ވަންދެން ވޯޓަރމެލޯން އުފައްދަނީ ތަފާތު ބައްޓަމަށެވެ. ހާއްސަކޮށް ފޮށިގަނޑެއްގެ ބައްޓަމަށެވެ.
ދިވެހިން ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ އެއް މޭވާ އަކީ ކަރަ އެވެ. ފަނި ގިރުމަށް ވެސް ހާއްސަ އެވެ.
ކެެންސަރަކީ ރާއްޖޭގައިވެސް ގިނަ އަދަދެއްގެ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެކެވެ. ކަރާގައި އެންޓިއޮކްސިޑެންޓްސް ގިނަ މޭވާއެއް ކަމުން އެއީ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ހަށިގަނޑު ސަލާމަތް ކޮށްދިނުމަށް އެހީތެރިވެދޭނެ މޭވާއެކެވެ.
ހަމައެއާއެކު، ކަރާގައި ހިމެނޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ލައިކޯޕީން އަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ ކުޑަކޮށްދޭ މާއްދާއެއް ކަމަށް ދިރާސާތަކުން ވަނީ ދައްކާއެވެ. އެހެންކަމުން ކަރާ ކެއުމުގައި ގިނައިން ބޭނުން ކުރުމަކީ މުހިންމުކަމެކެވެ.