ads
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
"ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުނީމާ ގޮވޭނީ މޮޔަ"
ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުމުން މޮޔަ ގޮވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ، ފާޑުކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.
Advertisement

އަބްދުއްރަހީމް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުމުން މޮޔަ ގޮވުމަކީ މީގެ ކުރީން ވެސް ހިނގާ ކަމެއް ކަމަށެވެ. އަދި މޮޔައިންނާ އަޅާ މޮޔަވާނީ އަދި އެއަށް ވުރެ ބޮޑެތި މޮޔައިން ކަމަށް ކާބަފައިން ބުނާތީ އަޑު އަހާ ކަމަށް އޭނާގެ ޕޯސްޓްގައިވެ އެވެ.

"‏ކަތިވަޅި ގެއްލި މަރިޔަބު ގެއްލި ކޮށި ދަނޑު ގެއްލުނީމާ މޮޔަ ގޮވުމަކީ މީގެ ކުރިންވެސް ހިނގާ ކަމެއް ކަމަށް ވަނީ. މޮޔައިންނާ އަޅާ މޮޔަ ވާނީ އަދި އެ އަށް ވުރެ ބޮޑެތި މޮޔައިން ކަމަށް ކާބަފައިން ބުނާތީ އަޑު އިވުނީ،" އިދިކޮޅު ފަރާތްރަތަކަށް ރައްދުދޭ މޭރުމަކުން އަބްދުއްރަހީމް ކުރައްވާފައިވާ ޕޯސްޓުގައިވެ އެވެ.

އަބްދުއްރަހީމް މިފަދަ ޕޯސްޓެއް ކުރައްވާފައިވާއިރު މިއީ ސީދާ ކޮން ބޭފުޅަކަށް ދެއްވި ރައްދއް ކަމެށް ސާފެއް ނުވެ އެވެ. ނަމަވެސް މި ޕޯސްޓުގައި އޭބާ ބޭނުންކުރައްވާފައިވާ އަދަބީބަހުން، އެއީ ކުރިން ވެރިކަމުގައި ތިއްބެވި ބޭފުޅުންނަށް ރައްދުކުރެއްވި ބަހެއް ކަމަށް ބެލެވެ އެވެ.

އެހެންނަމަވެސް މި ފަހުން ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ކަމަށްވާ ޑރ. ޖަމީލާއި މަލީހު ފަދަ ބޭފުޅުން ދަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

ޕީއެންއެފް ބޭފުޅުންގެ އިތުރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ވެސް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ ކުރިން ރައީސް ޔާމީންގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތުކުރެއްވި އަބްދުއްރަހީމް ކަން ފާހަކޮށްލެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް