ads
އަމީނިއްޔާ ސުކޫލްކުދިން އެސެމްބްލީގައި ފޮޓޯ:އަމީނިއްޔާ ސުކޫލް
ވޯޓާ ދިމާވާތީ ސްކޫލު ޓެސްޓު ފެށުން އަވަސްކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހަށް ގެނައި ބަދަލާ އެކު ސްކޫލު ކުދިންގެ އިމްތިހާބު ބާއްވާ ތާރީހުތަކަށް ބަދަލު ގެނެސް، އަވަސްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލު އިމްތިހާނު ބާއްވަން ކުރިން ނިންމާފައިވަނީ އަންނަ މަހުގެ 16 އިން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޖިލިސް އިންތިހާބު އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެެވެ. އެހެންވެ ގުރޭޑު 7 ،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓާމްގެ އިމްތިހާނު މިމަހުގެ 17 އާއި އަންނަ މަހުގެ 25 އާ ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބޭއްވުމަށް އެޑިއުކޭޝަނުން ވަނީ ސްކޫލުތަކަށް އަންގައިފަ އެވެ.

އަދި ބުނީ އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ބާއްވަން ސްކޫލަކުން ބޭނުންވާ ނަމަ، އެކަން އީސީގެ ފޯކަލް ޕޮއިންޓަށް އަންގައި މަޝްވަރާކުރަންވާނެ ކަމަށެވެ.

"ސްކޫލްތަކުގެ ދެވަނަ ޓާމް އިމްތިހާނު 27 މާޗް އިން 25 އޭޕްރިލް 2024 އާއި ދެމެދު ރަސްމީ ދުވަސްތަކުގައި ގްރޭޑް 7، 8 އަދި 9 ގެ ދެވަނަ ޓާމް އިމްތިހާނު ބާއްވާ ނިންމެވުމަށް ދަންނަވަމެވެ." އެޑިއުކޭޝަނުން ސްކޫލްތަކަށް ދޮނުވި ސާކިއުލާގައި ބުނެފައިވެ އެވެ.

އެ ބަދަލާ އެކު މިހާރު ގްރޭޑް 8ގައި ކިޔަވަމުން އަންނަ ދަރިވަރުން ވަނީ އޯލެވެލްގެ މާއްދާތައް ވެސް ކިޔަވަން ފަށާފަ އެވެ.

އިމްތިހާނު ބާއްވާ ތާރީހަށް ބަދަލު ގެނެސްފައިވާއިރު މިހާރު ދެވަނަ ޓާމުގެ އިމްތިހާނު ބާއްވަން ދީފައިވާ ދުވަސްތަކުގެ ތެރޭ ރޯދަ މަހުގެ ފަހު 10ގެ އިތުރުން އީދު ބަންދު ވެސް އެ ދުވަސްތަކުގެ ތެރޭ ހިމެނެ އެވެ.

ދިރާސީ އާ އަހަރަށް މި ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާ އެކު، މިހާރު މި ހިނގާ 2023ގެ ދިސާރީ އަހަރު ނިމޭނީ އަންނަ އޭޕްރީލް 30 ވަނަ ދުވަހު އެވެ. މި އަހަރު 2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ މޭ 26 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް