ads
ސާރާ: އޭނާގެ މިހާރު ދިރިއުޅުން މާ އުފާވެރިކަމަށް އޭނާ ބުނޭ-
ސާރާ، އިސްލާމްވީ ކީއްވެ؟
ސާރާ އަކީ ނަސޯރާ އާއިލާއަށް އުފަން ޒުވާން 29 އަހަރުގެ އަންހެނެކެވެ. އުސް އިމާރާތްތަކާއި ނިއޯން އަލިތަކުން ނަށަމުން ދިޔަ ހަލަބޮލި ސިޓީއެއްގައި ދިރިއުޅެމުން ދިޔަ ޒުވާން އަންހެނެކެވެ. ގިނަ ބަޔަކު އޭނާއަށް މަޝްހޫރުވެފައިވަނީ "ސާރާ ދަ ސެޑަކްޓްރެސް" ގެ ނަމުންނެވެ. މިއީ ހަށިވިއްކާ މީހެއްގެ ގޮތުގައި އޭނާ ދިރިއުޅުމުގެ ސަބަބުން ލިބުނު ނަމެކެވެ.
Advertisement

ކޮންމެ ރެއަކު މަގުމަތީގައި އުޅެމުން ދިޔައީ އޭނާގެ ހަރާން ގުޅުންތައް ބާއްވާ ބީރައްޓެހިންގެ އަތްދަށުން ތަސައްލީ ހޯދަމުންނެވެ. އޭނާގެ ދިރިއުޅުމަކީ ހުސް ވައުދުތަކާއި ފުނޑުފުނޑުވެފައިވާ ހުވަފެންތަކުން ފުރިފައިވާ ފަސްދާނުލެވޭ ބައްދަލުވުންތަކުގެ ނިވަލުގައެވެ. 

އެކަމަކު ޝައުގުވެރިކަމާއި ޝަހުވަތްތެރިކަމުގެ ކުރިމަތީގައި ސާރާ ވަނީ އޭނާގެ ނަފްސުގެ ތެރޭގައި ފުން ހުސްކަމެއް ފޮރުވާފައެވެ. އޭނަ ކެތްމަދުވެފައި ހުރީ މިއަށްވުރެ މާނަހުރި އެއްޗަކަށް، އޭނަގެ ރޫޙުގައި ގިސްލަމުން ދިޔަ ހުސްކަން ފުއްދައިދޭނެ އެއްޗެކެވެ. އޭނާގެ ހަށިވިއްކުމުގެ މަސައްކަތުން ފޯރުކޮށްދިން މާއްދީ އަރާމުތަކާ އެކުވެސް، އޭނާއަަށް އެއަށްވުރެ ރަނގަޅު މުސްތަގުބަލެއް ކޮންމެވެސް ދުވަހަކުން ލިބޭނެކަމަށް އެނާގެ ހިތް ދިޔައީ ބުނަމުންނެވެ. 

އެއް ދުވަހެގެ ހަވީރު، ފަނޑު އަލިކަމެއް ހުރި ގޯޅިތަކުގައި ސާރާ އުޅެނިކޮށް،  މިސްކިތެއްގެ ވަށައިގެން ޖަމާވެފައި ތިބި ބަޔަކާ ދިމާވިއެވެ. އެތެރެއިން ނިކުންނަ ފަނޑު އަލީގެ ދިއްލުން ޝައުގުވެރިވެގެން ސާރާ މިސްކިތާއި ކައިރިވެލީ ހިތުތެރޭގައި މިސްކިތާމެދު ކުއްލި ޝައުގުވެރިކަމެއް އުފެދިގެންނެވެ. މިސްކިތުން އިވެމުން ދިޔަ ދުއާ އާއި ހަމަޖެހޭ އަޑުތައް ވައިގެ ތެރެއިން އޭނާގެ ކަންފަތުުގައި ހަރުލައި ދުއާގެ ސަމާލުކަން އޭނާ ހޯދިއެވެ. 

ދޮރުމަތީގައި ސާރާ  ހުއްޓިލައިގެން ހުއްޓައި މަޑުމައިތިރި އަޑަކުން އޭނަ އާއި ދިމާއަށް "އޭ އުހުތާއޭ" ގޮވާލާއި އޭނާގެ އުމުރުގެ އަންހެނަކު އަތް ދިއްކޮށްލީ އޭނައަށް އެތެރެއަށް ވަނުމަށް ދައުވަތު ދެމުންނެވެ. ފުރަތަމަ ފަސްޖެހިފައި ހުރި ސާރާއަށް މިސްކިތުގެ ހޫނުކަމާއި ހަމަޖެހުމަށް ދަމައިގަނެވުނެވެ. ދުވަހަކު ވެސް ނޭނގޭ ހަމަޖެހުމުގެ އިހުސާސެއް ފާރުތަކުގައި ގުގުމާލި ކަހަލަ ގޮތަކަށް، އަރާމު ބައްދާލުމެއްގެ ތެރޭގައި އޭނަ ވަށާލިއެވެ. އިސްލާމް ދީނުގެ އުސޫލުތަކާއި އަސްލުތައް ސާރާއަށް މިސްކިތުގައި ތިބި މީހުން ކިޔައިދިނެވެ. 

އޭގެ ފަހުން އައި ދުވަސްތަކުގައި ސާރާ އެނބުރި މިސްކިތަށް ދިޔައީ އޭނާގެ ހިތުގެ ތެރެއަށް ދަމައިގަތް ކިޔައިދޭން ނޭނގޭ ބޭނުމެއް ޖެހިފައި އޮތުމުންނެވެ.  އިސްލާމްދީނުގެ އުނގަންނައިދިނުންތަކުގެ ތެރެއަށް ޣަރަޤުވެ، ޤުރުއާނުގެ ބަސްފުޅުތަކާއި އިމާމްގެ ހިދާޔަތުން ތަސައްލީ ހޯދި އެވެ. މަޑުމަޑުން ނަމަވެސް އޭނާގެ ކުރީގެ ދިރިއުޅުމުގެ ފަށަލަތައް އުކާލަން ފެށީ، އަލަށް ހޯދި އީމާންތެރިކަމާއި ރޫޙާނިއްޔަތު އިހްސާސެއް ބައްދާލަމުންނެވެ.

ކޮންމެ ދުވަހެއް ފާއިތުވަމުން ދިޔަވަރަކަށް ސާރާއަށް އިހުސާސް ކުރެވުނީ އޭނާގެ މާޒީގެ ފާފަތަކުގެ ބަރުދަން އޭނާގެ ކޮނޑުން އުފުލިގެން ގޮސް، އޭގެ ބަދަލުގައި މިނިވަންކަމާއި ސަލާމަތުގެ އިހުސާސެވެ. ކުރީގެ ދިރިއުޅުމުގެ ޗޭނުތަކުގައި މިހާރު ބަނދެވިފައި ނުވާ ސާރާ، އަލަށް ހޯދި ސުލްހަވެރި ދީނަށް ވަދެގެން ދިޔައީ ހައިރާންކަން ކުރަނިވިހާވެސް ފޯރިއާއެކުއެވެ. 

ސާރާ އިސްލާމްވި ވާހަކަ މުޅި ސިޓީގައި ފެތުރިގެން ދިޔައެވެ. އޭގެ ފަހުން ކުފުރާއި ޝައްކުން އެކަހެރިވިއެވެ. އޭނާއާމެދު ޝައްކުކުރާ މީހުންނަށް ސާރާ އެއްވެސް ސަމާލުކަމެއް ނުދިނީ އޭނާގެ ދަތުރަކީ ހަމައެކަނި އޭނާއަށް ހާއްސަ ދަތުރެއްކަން އެނގިގެން ކުރިއަށް ދިޔައެވެ. މީހުންގެ ފާޑުކިއުންތަކަށް ފަރުވާލެއް ނުބަހައްޓައި އިސްލާމް ދީން އުނގެނެމުން ދިޔައެވެ. އަދި ދީނުގެ ހިޖާބުން ނިވާވެ ފުރިހަމަ މުސްލިމަކަށްވިއެވެ. 

މާޒީގެ އަޅިގަނޑުން، ސާރާ ނިކުމެގެން ދިޔައީ، އަލުން އުފަންވި "ފީނިކްސްއެއް" ފަދައިންނެވެ. އޭނާގެ ހިތް އީމާންތެރިކަމުގެ އަލިކަމުން ފުރުނެވެ. އޭނާގެ ނަފްސު ސަލާމަތުގެ ހުޅު ރޯވެގެން ދިޔައެވެ. މިހާރު އޭނާއަކީ "ސާރާ ދަ ސެޑަކްޓްރެސް" ނޫނެވެ. މިހާރު އޭނާއަކީ އީމާންތެރިކަމުގެ ބަދަލުކުރަނިވި ބާރާއި އިންސާނީ ރޫހުގެ ކެތްތެރިކަމުގެ ހެކިވެރިއެއް ކަމަށްވާ ސާރާ މުއުމިނެކެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް