ads
ފާސް ނެތް ބިދޭސީން މާރުކޭޓުގެ ގޮޅިތަކުގައި - ފޮޓޯ/ ކައުންސިލް
ފާސްނެތް ބިދޭސީން ތިބޭ ގޮޅިތައް ޖޫރިމަނާ ކުރަނީ
މާރުކޭޓު ގޮޅިތަކުގައި ފާސްނެތި ބިދޭސީން ބައިތިއްބައިގެން ވިޔަފާރި ކުރަމުންދާ ގޮޅިތަކުގެ ވެރިން ޖޫރިމަނާކުރަން މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތް ބިދޭސީން ގެންގުޅޭ ގޮޅިތަކުގެ ވެރިން ޖޫރިމަނާކުރަން ފަށައިފައެވެ.

އެގޮތުން، ސިޓީ ކައުންސިލުން ބުނީ، ދަތުރުވެރިންގެ މާރުކޭޓުގައި ފާސްނެތި ބިދޭސީން މަސައްކަތް ކުރާތީ މި މަހު މިހާތަނަށް ނުވަ ގޮޅިއެއްގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 2000 ރުފިޔާ އިންނެވެ. ދެވަނަ ފަހަރު 4000 ރުފިޔާ އިންނެވެ. ތިންވަނަ ފަހަރު ތަކުރާރު ކޮށްފިނަމަ ގޮޅި އަތުލުމުގެ އިހްތިޔާރު ކައުންސިލަށް އޮވެ އެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރީންގެ ފަރާތުން ގަވާއިދާ ހިލާފު އެތައް ކަމެއް ދަނީ ފެންނަމުންނެވެ. ވަރަށް ބޮޑު ޕަސެންޓޭޖެއްގެ ބިދޭސީންނަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބައެކެވެ. 

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އޮފިސަރުންނާއި ފުލުހުން ގުޅިގެން މި ފަހުން ވަނީ ބާޒާރު މަތީ ސަރަޙައްދުގެ ދުވާރުމަތީގައި މުދާ އަތުރައިގެން ދިވެހިންނާއި ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ވެސް ހުއްޓުވައިފައެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުނި އަޅައި، ގޮނޑުކޮށްފައިވާ މާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް