ads
މިރޭގެ ރަސްމިއްުޔާތު ގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ
މި ދައުރުތެރޭ ކޯސްޓްގާޑްގެ ކެޕޭސިޓީ ދެ ގުނައަށް ބޮޑު ކުރާނެ: ރައީސް
ދިވެހި ސިފައިންގެ ކޯސްޓް ގާޑުގެ އުޅަނދުތަކުގެ ހާލަތު މިހާރު ހުރީ ވަރަށް ދަށުގައި ކަމަށާއި އެކަމަކު އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގައި ކޯސްޓް ގާޑުގެ ކެޕޭސިޓީ ދެ ގުނަ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ
Advertisement

ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ދިވެހިންގެ އަތްމައްޗަށް ގެންނަން ޑރ. މުހައްމަދު މުއިއްޒު ވެޑައިގެންނެވި ވައުދާ އެއްގޮތްވާ ގޮތުގެ މަތިން މިރޭ ނ. މާފަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިފައިންގެ ވައިގެ ބާރު "އެއާ ކޯ" އިފްތިތާހު ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ހުރިހާ މާނައެއް ގައި ދިވެހި ސިފައިންގެ ހިދުމަތް ވަރުގަދަކޮށް ފުޅާ ކުރެއްވުން ކަމަށެވެ.

ރައްޔިތުންްގެ ހައްގުގައި އަސްކަރިއްޔާއަށް ދޭން ޖެހޭ އިސްކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ. މިރޭ އިފްތިތާހު ކުރެވުނު "އެއާ ކޯ" ގައި ބޭނުން ކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާއި އުޅަނދުތައްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކޯސްޓްގާޑްގެ އުޅަނދުތައް ވެސް އިތުރަށް ފުރިހަމަ ކުރައްވާ ކޯސްޓްގާޑްގެ ފްލީޓް ވެސް ވަރުގަދަ ކުރައްވާނެ ކަމަށެވެ.

"އާދައިގެ މެދު ސައިޒުގައި ހުރި ވެސެލްތަކަކީ ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދު ދިހަ ވަރަކަށް ބާރަ ވަރަކަށް އުޅަނދު އޮތް ނަމަވެސް ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހަލާތުގައި ހުރި. މިއީ ހިތާމަ ހުރި ކަމެއް. އެތައް އަހަރެއް މިދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި،" ރައީސް ވިދާޅުވި އެވެ.



އެމަނިކުފާނު ވިދާޅުވީ ކޯސްޓުގާޑުގެ ގާބިލްކަން ދެގުނަ ކުރުމަށްޓަކައި ތުރުކީއާއި އެހެނިހެންވެސް އެކުވެރި ގައުމުތަކާއެކު މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ދިވެހިން އަމިއްލައަށް ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަކީ އެހެން ބަޔަކު ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް