ads
ޗެމްޕިއަންސް ލީގުގައި ސިޓީއާ ރިއާލްގެ ކުރިމަތިލުމެއް
ޗެމްޕިއަންސް ލީގުގައި ސިޓީއާ ރިއާލްގެ ކުރިމަތިލުމެއް
ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ހުކުރު ދުވަހު ނެގި ކުއާޓާ ފައިނަލުގެ ގުރުއަތުލުމުގައި ސިޓީ އާއި ރެއާލް މެޑްރިޑް ކުއާޓާގައި ބައްދަލުކުރަން ޖެހުނުއިރު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު ސިޓީން ރެއާލްއާ ދެކޮޅަށް ނުކުންނާނީ ރަށުން ބޭރުގަ އެވެ. އަދި އޭޕްރީލް 16 ގައި ސިޓީން އަމިއްލަ ދަނޑުގައި ދެ ވަނަ ލެގުގެ މެޗު ކުޅޭނެ އެވެ.

މިއީ ސިޓީއާ ރިއާލް މެޑްރިޑް، ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގައި އެއް ބަޔަކު އަނެއް ބަޔަކާ ވާދަކުރަން ޖެހޭ ވިދިވިދިގެން ތިންވަނަ ފަހަރެވެ. މިދިޔަ ދެ އަހަރު ވެސް މި ދެ ޓީމު އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރީ ސެމީ ފައިނަލުގަ އެވެ.

ކުއާޓާ ފައިނަލްގެ ބާކީ ތިން މެޗަށް ބަލާއިރު، ފްރާންސްގެ ޕީއެސްޖީ ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. އަދި ޖަރުމަނުގެ ބަޔާން މިއުނިކް އިންގްލަންޑްގެ އާސެނަލާ ދެކޮޅަށެވެ. އަދި ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމުންޑުން ނުކުންނާނީ ސްޕެއިންގެ އެތުލެޓިކޯއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް