ads
ކްރިކެޓް ކާނިވަލުގެ ތެރެއިން
އެވިއާ އަދި އެމްއޭސީއެލް މޮޅުވެއްޖެ
ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓެޕްބޯލްގައި ހުކުރު ދުވަހު ކުޅުނު މެޗުތަކުން އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލްއަށް މޮޅުވެއްޖެއެވެ.

ގްރޫޕް އޭގެ ފުރަތަމަ މެޗުން އެވިއާ މޮޅުވީ މީރާއާ ބައްދަލުކޮށް އަށް ވިކެޓުންނެވެ. މި މެޗުގެ ޓޮސް ދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 67 ލަނޑެވެ. ޖަވާބުގައި އެވިއާ ކުޅެން އަރައި 3.3 ވަނަ އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 73 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ.

ހުކުރު ދުވަހު ކުޅނު ގްރޫޕް އޭގެ ދެވަނަ މެޗުން އެމްއޭސީއެލް މޮޅުވީ މެރީ ކޯނާއާ ބައްދަލުކޮށް 140 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން އެމްއޭސީއެލް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެއް ކުޅުންތެރިއަކު ނުބައިވެގެން ވަނީ 193 ލަނޑު ހަދާފައެވެ. ޖަވާބުގައި މެރީ ކޯނާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 53 ލަނޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް