ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ސެން ޓީޗަރުންނަށް ރިސްކް އެލަވަންސެއް ލިބޭނެ ގޮތެއް ހަމަ ޖައްސައިދޭނަން: ރައީސް
މި ސަރުކާރުން ސެން ޓީޗަރުންނައް ރިސްކް އެލަވަންސެއް ނުވަތަ ހާއްސަ އިތުރު އިނާޔަތެއް ލިބޭނެ ގޮތް ހަމަޖައްސަ ދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ކޮންމެ ދުވަހަކު ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގައި އާންމުންގެ މީހަކު ރައީސްއާ ސުވާލުކުރީ ސްކޫލްތަކަށް ސެންޓީޗަރުން ލިބުމުގައި ހުރި ދަތިކަމާއި ސެން ޓީޗަރުންނަށް ކުރިން ދެމުންއައި އެލަވަންސް ކަނޑާލާފައިވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުންނެވެ.

އެ ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެށިގެން އަމަލުކުރަމުން އަންނަ ޕޭ ފްރޭމް ވޯކްގެ ސަބަބުން ސެން ޓީޗަރުންގެ ޕޭ އަށް ބަދަލެއް އައިސްފައިވާ ކަމަށާއި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނައް ކިޔަވާދޭ ޓީޗަރުންނައް ރިސްކް އެލަވަންސްއެއް ދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. 

ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނައް ކިޔަވާދޭ ޓީޗަރުން ތަމްރީނު ކުރުމަކީ ސަރުކާރުންވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ކުދިންނައް ކިޔަވާދޭ ޓީޗަރުން އަދި ޓީޗަރުން މަދު އެހެން ދާއިރާތަކުން ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މިއަހަަރުގެ ތެރޭގައި މި ދާއިރާތަކުން ޓީޗަރުން ތަމްރީނު ކުރުމުގެ އެކިކަހަލަ ޕްރޮގްރާމް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

"މިދިޔަ ސަރުކާރުގައި އަމަލުކުރަން ފެށި ޕޭ ފްރޭމްވަރކްގެ ސަބަބުން ރިސްކް އެލަވަންސްއަށް ބަދަލު އައީ. ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ހާއްސަ އިނާޔަތެއް ލިބޭނެގޮތް ސަރުކާރުން ހަމަޖައްސައިދޭނަން." ރައީސް ވިދާޅުވިއެވެ. 

މިހާރުވެސް ސެން ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި ސެން ޓީޗަރުން ހަމަ ލިބޭ ވަރަކުން އެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް