ads
މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ތެރެއިން
ހައުސިން ކޮމިޓީއަށް ލަފާ ދިނުމަށް އިތުރު ކޮމިޓީއެއް އުފައްދައިފި
ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފެއްދި ކޮމިޓީއަށް ލަފާ ދިނުމަށް، މާލެ ސިޓީ ކައުންސިލަރުން ހިމެނޭ ކޮމިޓީއެއް އުފައްދައިފި އެވެ.

ހައުސިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައި ބުނީ "ހައުސިން ކޮމިޓީ"ގެ މުހިއްމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލްގެ ބައިވެރިވުން ހިމަނަން ބޭނުންވާތީ، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން ފަސް ކައުންސިލްރުންގެ ކޮމިޓީއެއް، މިނިސްޓަރު ޑރ. އަލީ ހައިދަރުގެ ވަނީ އެކުލަވާލައްވާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ؛

- މަރިޔަމް ނާޒިމް މުހައްމަދު ފާއިޒް

- އާއިޝަތު ނިޒްލީ ރަޝީދު

- އަހުމަދު އައިފާން

- ހަސަން ނިޒާމް

- މުހައްމަދު އަރީޝް

ކައުންސިލަރުންގެ ފުރަތަމަ ބައްދަލުވުން އަންނަ އާދިއްތަ ދުވަހު ބާއްވާނެ އެވެ. އެ ކޮމިޓީގެ ސެކްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީންނެވެ. 

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުން "ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ ފެބްރުއަރީމަހު ކަމަށެވެ.

މިކޮމިޓީއަކީ އެމަޝްރޫއުތަކާއި ގުޅިގެން ހުށަހަޅާ މައްސަލަތައް ބެލުމަށާއި އަދި އެމައްސަލަތަކާއި ގުޅިގެން ކަންކުރަންޖެހޭ ގޮތާއި ގުޅޭގޮތުން އަދި ގޮތް ނިންމުމަށްޓަކައި ލަފާދޭނެ ކޮމިޓީއެއް އެލުލަވާލެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވި ލަފާފުޅަކާއެކު އުފެއްދި ކޮމިޓީއެއްކަމަށް އެވުޒާރާއިން ވިދާޅުވި އެވެ. އަދި ކޮމިޓީއަށް މެމްބަރުން އައްޔަންކުރައްވާފައިވާކަމަށްވެސް ހައުސިން މިނިސްޓްރީ ބުންޏެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

• މ. ލޮނުވެލި، ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު
• ހ. ހަބަރުގެ، އާމިނަތު އީނާސް
• ގ. ވިޔަވަތި، އަހުމަދު އަލި މަނިކު
• މ. ދޫނިހުރާ، އަބްދުލްއަޒީޒު ޔޫސުފް
• މ. ޒޭވަރު، މަރިޔަމް ފިޒާނާ ރަޝީދު

ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަނީސާ އަހުމަދެވެ. އަދި ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް