ads
އުރީދޫއިން ބޭއްވި ކޮމިއުނިޓީ ރޯދަ ވީއްލުމުގެ ތެރެއިން ---- ފޮޓޯ: އުރީދޫ
އުރީދޫގެ މިއަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަވީއްލުން ބާއްވައިފި
އުރީދޫގެ މިއަހަރުގެ ފުރަތަމަ ކޮމިއުނިޓީ ރޯދަވީއްލުން ސަލްމާން މިސްކިތުގައި ބާއްވައިފި އެވެ.

އުރީދޫން ބުނި ގޮތުގައި ސަލްމާން މިސްކިތުގައި އިއްޔެ ބޭއްވި އެ ރޯދަވީއްލުމުގައި 200 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމުގަ އެވެ.

އުރީދޫއިމް ބާއްވާ މި ކޮމިއުނިޓީ ރޯދަވީއްލުމުގެ މަގްސަދަކީ ގިނަ ބަޔަކަށް އެއް ސުފުރާ މަތީގައި ހިތްހަމަޖެހިގެން ރޯދަ ވީއްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.

އޭގެއިތުރުން އާއިލާއާ ދުރުގައި ދިރިއުޅޭ ފަރާތްތަކަކީ ވެސް މުޖުތަމައުގެ މުހިންމު ބައެއްކަން އެ ފަރާތްތަކަށް ހަނދާންކޮށްދިނުމަކީ ވެސް މި ކޮމިއުނިޓީ ރޯދަވީއްލުމުގެ މަގްސަދެއް ކަމަށް އުރީދޫއިން ބުނެ އެވެ.

މި ރޯދަ މަހު ބާއްވާ ކޮމިއުނިޓީ ރޯދަ ވީއްލުން އޮންނާނީ ކޮންމެ ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގަ އެވެ. އަދި ރޯދަވީއްލުމުގައި ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ ކަމށް އުރީދޫއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް