ads
ހޫނުގަދަ ދުވަހަކު މީހަކު ކުޑަ ނަގައިގެން…
މި ރޯދަ މަހު އިންތިހާއަށް ހޫނުގަދަ ދޯ؟ މިކަންކަން ކޮށްލާ.!
މާޗު އަދި އޭޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. މި އަހަރުގެ ރަމަޟާން މަސް މި ދިމާވީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރާ އެވެ. އެއާއެކު ރޯދައަށް ހުންނަ ވަގުތުގައި ހޫނުގަދަވެ ވަރިބަލިކަން އިތުރުވުމުގެ ފުރުސަތު މިވަނީ ބޮޑުވެފަ އެވެ. އެހެންކަމުން އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތަކަށް ބަލާލަމާތޯ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިރުޝާދު ދޭ ގޮތުގައި އަވިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ބޭރުގައި އުޅޭއިރު ކުޑަ ބޭނުންކުރުމެވެ. ކުޑައެއް ނެތް ހާލަތުގައި ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް ބޭނުން ކުރުން ބުއްދިވެރި އެވެ. އަދި ކުލަ މަޑު، ހަށިގަނޑު ނިވާވާފަދަ ދޫ ހެދުން ލުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދުދީފަ އެވެ.

މިއީ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށް ވުމާއެކު އެންމެ ރަނގަޅު ގޮތަކީ ގިނަ ވަގުތު އަވީގައި ނޫޅުމެވެ. ނަމަވެސް ދިރިއުމުގެ ކަންތައްތައް ހުންނަ ގޮތުން އަވީގައި ވަގުތު ހޭދަކުރަންޖެހޭ ނަމަ، ސަން ޕްރޮޓެކްޝަން ފެކްޓާ 15 އަށްވުރެ މަތީގެ ސަންސްކްރީން ލޯޝަން ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދީފައިވެ އެވެ. އަދި ބޭރުގައި އުޅޭއިރު އިރުގެ އަލްޓްރާ ވައިލެޓް ރޭޑިއޭޝަން ފިލްޓާކޮށްދޭ ފަދަ އަވި އައިނެއް ބޭނުން ކުރުން ވެސް މުހިއްމުކަމުގައި އެ އިދާރާއިން ފާހަގަކުރެ އެވެ.

ރޯދަ މަހުގެ ދުވާލުގެ ވަގުތުގައި އެއްވެސް ދިޔާ އެއްޗެއް ބޭނުންނުކުރެވޭނެތީ އާއި ރޯދައަށް ހުންނަ ވަގުތުގައި އާދަޔާހިލާފަށް ހޫނުވެ ވަރުބަލިވުމުގެ ފުރުސަތު އޮތުމުން، ރޯދަ ވީއްލުމަށްފަހު ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެ އެވެ. އޭގެއިތުރުން ފެން ގިނަ މޭވާ އާއި ތަރުކާރީ ބޭނުން ކުރުމާއި، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދު ކުރުމުން ވެސް ހޫނުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފައި ވަނީ، މި ދުވަސްވަރު ވިލާ މަދުވުމާއި، ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން، ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާނެ ކަމަށެވެ. މީގެއިތުރުން މި އަހަރަކީ ވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ވަނީ ލަފާކޮށްފަ އެވެ.

އެހެންކަމުން މި ހޫނުގަދަ ދުވަސްވަރު ރައްކާތެރިވެ ތިބުމަށްޓަކައި ކުރިން ބަޔާންކުރެވުނު ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމެވެ. އަދި ވަކިން ހާއްސަކޮށް މި ރަމަޟާން މަހު އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީ، ރޭގަނޑު ގިނައިން ދިޔާ ތަކެތި ބޭނުންކުރުމަށް އިސްކަންދޭން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް