ads
އޮލިމްޕިކް ކޮމިޓީގެ ރައީސް
އޮލިމްޕިކް ކޮމިޓީއަށް 38 މިލިއަންގެ ބަޖެޓެއް
މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން މި އަހަރަށް 38 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ބަޖެޓް ފާސްކުރީ، ރެ އޮތް އޮލިމްޕިކް ކޮމިޓީގެ އާއްމު ޖަލްސާގައެވެ.  މި އަހަރަށް ކަނޑައެޅި 38 މިލިއަން ރުފިޔާގެ ބަޖެޓް ފާސްކުރީ ޖަލްސާ އަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

އޮލިމްޕިކް ކޮމިޓީން ފާސްކުރި، 38 މިލިއަން ރުފިޔާގެ ތެރެއިން 28 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބެލެވެނީ ސަރުކާރުންނެވެ. މި ބަޖެޓުގެ ތެރޭގައި މި އަހަރު އޮންނާނެ ކަމާމެދު އަދި ގޮތެއް ނުނިންމާ އޮތް ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސް އަށް ދާނެ ޚަރަދު ހިމެނެއެވެ. ބަޖެޓު ކުރެވިފައި ވެއެވެ. މީގެ އިތުރުން ބަޖެޓުގެ ބޮޑު ބައެއް ދެން ޚަރަދުވާނެ ކަމަށް ބެލެވެނީ ތައިލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސް އަށެވެ.

މި ފަހަރުގެ ބަޖެޓުގައި ނެޝަނަލް ގޭމްސް އެއް ފުރަތަމަ ފަހަރަށް ބޭއްވުމަށް ބަޖެޓު ކުރެވިފައިވެ އެވެ. ބަޖެޓުގައި ދެން ހިމަނާފައިވަނީ ސްޕޯޓްސް ޑިވެލޮޕްމެންޓް ޕްލޭން އެއް ހެދުމަށް ހަރަދުވާނެ މިންވަރެވެ.

މީގެ އިތުރުން މި އަހަރަކީ އޮލިމްޕިކްސް އަހަރަށްވުމުން ޕެރިސްގައި ބާއްވާ އޮލިމްޕިކް ގޭމްސް އަށްވެސް ބޮޑު ހަރަދެއް ދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް