މީގެ ކުރިން ފަވަރައިގެ ލިމިޓުތަކަކީ ފަވަރަ ޓްރާންސްފާ - ފަހަރަކު 50،000ރ.އާ ހަމައަށް އަދި ފަވަރަ ރިކުއެސްޓް - ފަހަރަކު 5،000ރ.އާ ހަމައަށެވެ.
މިއަދުން ފެށިގެން މި ލިމިޓުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. އެގޮތުން ފަވަރަ ޓްރާންސްފާގެ ލިމިޓް ފަހަރަކު 200،000ރ.އާ ހަމައަށް ބޮޑު ކުރެވުން އިރު ފަވަރަ ރިކުއެސްޓް ފަހަރަކު 10،000ރ.އާ ހަމައަށް ލިމިޓް ބޮޑުކުރެވިފައިވެ އެވެ
އެހެން ނަމަވެސް، ބޭންކުތަކުން އަމިއްލައަށް ކަނޑައަޅާ ލިމިޓުތައް އެޕްލައިވުމަކީ އެކަށީގެންވާ ކަމެކެވެ.
ފަވަރަ އައިޕީއެސްގައި މިވަގުތު ބައިވެރިވަނީ ފަސް ބޭންކަކުންނެވެ. އެއީ:
- ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
- ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)
- މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)
- ބޭންކް އޮފް ސިލޯން (ބީއޯސީ)