ads
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ސްކޭމަކުން 1.8މިލިއަން ނެގި މައްސަލާގައި 3 މީހަކަށް ދައުވާކުރަނީ
ސްކޭމަކުން މީހެއްގެ އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި 3 މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދިވެހި ފުލުހުންގެ ހިދުމަތުން ފޮނުވައިފިއެވެ.

މި ސްކޭމްގައި ނަގާފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކުންނެވެ. ދިވެހި ޖފުލުހުންގެ ހިދުމަތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ 3 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާކަމަށެވެ. އޭގެތެރޭގައި ކުޑަކުއްޖަކު ހިމެނޭކަމަށްވެސް ފުލުހުން ބުނެއެވެ. މި މައްސަލާގައި ހިމެނޭ ކުއްޖަކީ އުމުރުން 16 އަހަރުގެ ކުއްޖެއްކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ. 

ފުލުހުން ބުނީ މުދަލާއި ފައިސާ ހިމެނޭ ގޮތަށް މި މައްސަލާގައި 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދާފައިވާކަމަށެވެ.

މި ސްކޭމް ހިންގާފައިވަނީ މިދިޔަމަހު 13ވަނަ ދުވަހުއެވެ. މި ސްކޭމުގައި އެމީހާގެ އެކައުންޓުން އެކި ފަހަރު މަތިން 2 އެކައުންޓަކަށް 1.8 މިލިއަން ރުފިޔާ ޓްރާންސްފަރ ކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށައެޅުނުތާ 48 ގަޑިއިރު ތެރޭގައި މި ފައިސާގެ 98 އިންސައްތަ ހޯދާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފައިސާ ހޯދާފައިވަނީ ފައިސާ ޓްރާންސްފަރކޮށްފައިވާ ބޭންކުތަކާއި ވިޔަފާރީގެ މުޢާމަލާތްކޮށްފައިވާ ފަރާތްތަކާއި، އަދި ތުހުމަތުކުރެވޭ ފަރާތެއް ދިރިއުޅޭ ގެ ބަލާ ފާސްކޮށްގެންކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް