ޔުނައިޓެޑުން އެފްއޭކަޕްގައި ރޭ ލިވަޕޫލް ބަލިކުރީ، މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓުގައި ޖެހި ލަނޑާއެކު ހަތަރު ލަނޑު ތިން ލަނޑުންނެވެ.
މި މެޗުގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ ކުރީކޮޅު ޔުނައިޓެޑުގެ ސްކޮޓް މެކްޓޮމިނޭ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ނއެލެކްސިސް މެކްއަލިސްޓާ އަދި އިތުރު ވަގުތުގައި މުހައްމަދު ސަލާހް ޖެހި ލަނޑުތަކުން ލިވަޕޫލް ކުރި ހޯދިއެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ބްރެޒިލްގެ ފޯވަޑް އެންތަނީ އެވެ. އެއާއެކު ދެން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ.
ނަތީޖާ ނެރެން ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ހާވޭ އެލިއޮޓް އަނެއްކާވެސް ލިވަޕޫލަށް ލީޑް ނަގައިދިނެވެ. އެހެންނަމަވެސް އިރުކޮޅެއް ފަހުން ނމާކަސް ރަޝްފޯޑް ނަތީޖާ ހަމަހަމަކޮށްދިނެވެ. ތިނެއް ތިނަކުން އެއްވަރުވެ ޕެނަލްޓީއަށް ދާން ޖެހޭނެ ކަމަށް ބެލެވިފައިވަނިކޮށް، ޔުނައިޓެޑް މޮޅުކޮށްދިނީ ފަހު މިނިޓްގައި އަމަޑް ޑިއާލޯ ޖެހި ގޯލުންނެވެ.
އިނގިރޭސި އެފްއޭކަޕުގެ ސެމީ ފައިނަލަށް ދިޔައީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި ކޮވެންޓްރީ ސިޓީ އެވެ.