ads
އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ވީއައިއޭގެ މަގުތައް ހެދުމަށް އާރްޑީސީ އާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފި
ވެލާނާ އިންޓާނޭޝަނަލް އެއަރޕޯޓްގެ (ވީއައިއޭ) މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ކުރުމަށް މޯލްޑިވެސް އެއާޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަނާއި (އާރް.ޑީ.ސީ) ދެމެދު އެބަސްވުމުގައި ސޮއިކޮށްފި އެވެ.

އެމް.އޭ.ސީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސީ.އީ.އޯ އަދި މެނޭޖިން ޑައިރެކްޓާ އިބްރާހީމް ޝަރީފް މުހައްމަދު ސޮއި ކުރެއްވި އިރު އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓާ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

މި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިއީ މިފަދަ މަސައްކަތެއް ކުރުމަށް ދިވެހި ކުންފުންޏަކާއިއެކު އެމް.އޭ.ސީ.އެލްއިން ސޮއިކުރި ފުރަތަމަ ފަހަރުކަމަށާއި އެ ކުންފުނީގައި މަގުހެދުމާއި މަރާމާތުގެ މަސައްކަތްތަކަށް ހާއްސަ އިންޓާނަލް ޓީމެއް އޮތްނަމަވެސް، ކުއްލި މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެމަސައްކަތްކުރަން ޖެހޭނީ، އެޓީމުން ރޫޓިންކޮށް ކުރާ މަސައްކަތް ހުއްޓާލުމަށްފަހުކަމަށް ވާތީ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. 

އާރު.ޑީ.ސީ ފަދަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރުމުން، މަގުހެދުމުގެ އިތުރުން އެހެނިހެން މަސައްކަތްތައް ފަސޭހަކަމާއި ހަލުވިކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ގަބޫލުކުރައްވާކަމަށް ޝަރީފް ވިދާޅުވި އެވެ.

އެމް.އޭ.ސީ.އެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއަރޕޯޓެއް ހިންގާބައެއްކަމަށާއި މިތިން ކަންތަކުގެ ތެރެއިން ތިބޭފުޅުންގެ އެކްސްޕަޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"އެމްއޭސީއެލްއަކީ މުނިސިޕަލްޓީއަކާއި ސިޓީއެއް އަދި އެއާޕޯޓެއް ހިންގާ ބައެއް. މި ތިން ކަންތަކުގެ ތެރެއިން ތިޔަ ބޭފުޅުންގެ އެކްސްޕާޓީޒް، މޭންޕަވާ ރިސޯސަސް ބޭނުންކޮށްގެން މަސައްކަތަށް އިތުރު ސްޕީޑެއް ލިބޭނެ ކަމަށް އުންމީދުކުރަން،" ޝަރީފް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރުޑީސީގެ އެމްޑީ ޒުހައިރު ވަނީ، އާރުޑީސީގެ ގާބިލްކަން އިތުރުކުރުމަށް އެމްއޭސީއެލްގެ މެނޭޖްމަންޓުން ފަހިކޮށްދިން ފުރުސަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިފަދަ މަސައްކަތްތައް ދިވެހި ކުންފުނިތަކާ ހަވާލުކުރުމުން ބޭރު ކުންފުނިތަކާ އެއްވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށް. އަޅުގަނޑު ގަބޫލުކުރަނީ އާރުޑީސީއަކީ ވެސް އެމްއޭސީއެލް ފަދަ ވަރުގަދަ ކުންފުންޏަކަށް ހެދޭނެ ކަމަށް، އެކަމަށް މި މަސައްކަތް ކުރަނީ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަން އެއާޕޯޓް ހިމެނޭ ހުޅުލޭގެ މަގުތަކަކީ ވަރަށް ކުރިން ތަރައްގީކޮށްފައިވާ މަގުތަކެވެ. މިހާރު ބައެއް މަގުތައް ހަލާކުވެސް ވަނީ ވެފައެވެ. ވީއައިއޭގެ އާ ބޮޑު ޓާމިނަލް ހުޅުވާއިރުގައި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން ވަރަށް މުހިންމުވާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް