ads
މަގުމަޓީ ބަހައްޓާފައި ހުރި ކުނި ސާފު ކުރުމުގެ ތެރެއިން
މާލެ ތެރޭ ސާފު ކުރުމުގައި ސިޓީ ކައުންސިލް އަވަދިނެތި
މާލޭގެ އެކި ހިސާބުތައް ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރިޔަށް އެބަގެންދެ އެވެ.

މާލޭގެ އެކި ހިސާބުތަކުގެ މަގުމަތީގައި ބަހައްޓާފައި ހުރި ކުނި ނަގާ އުކާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ޖުމުލަ 22 ޓަނުގެ ކުނި އުކާލެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މިހާތަނަށް ނަލަހިޔާ ކަންމަތީގައި ހުރި ކުނިތައް، ސޯސަންގުގައި ހުރި ކުނިތައް، ހ.ލޮނިޒިޔާރަތް މަގުގައި ހުރި ކުނިތައް، ބާޒާރުމަތީ މަގުމަތީގައި ބަހައްޓާފައި ހުރި ކުނިތައް، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓުގެ ކުނިތައް ނަގާ އުކާލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މީގެ އިތުރުން ހ.އަބަދަށްއުފާ މަގު ގައި ހުރި ކުނިތައް، އަމީރުއަހުމަދު މަގު ގައި ހުރި ކުނިތައް، ކެނެރީ ގޯޅި ސާފުކޮށް ނިމިފައި، ކަށިމާހިނގުމުގައި ހުރި ކުނިތައް، ބޮޑުރަސްގެފާނު މަގު ސާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

 

ކައުންސިލުން ބުނީ މާލޭ މަގުމަތިން ޕެލެޓު ނެގުން ކުރިއަށް ދާ ކަމަށާއި މޫނިމާ ހިނގުން، ކިނބިގަސްމަގު ކައިރ ސާފުކުރަމުން ދާ ކަމަށެެވެ. 

މީގެ އިތުރުން މާލޭ އަދި ވިލިމާލޭގެ ފަޅުތެރެ ސާފުކޮށް އެ ފަޅުތެރޭގައި އަދި ކަނޑުތޮށީގައި ހުރި ކުނިތައް ސާފުކޮށްފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. 

މީގެ އިތުރުން މިއަދު ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 9 ފަރާތެއް ޖޫރިމާނާ ކޮށްފައިވާކަމަށާއި އެ ފަރާތްތައް ޖޫރިމަނާ ކޮށްފައި ވަނީ މަގުމަތީ ކުނި ބަހައްޓައިގެން، މަގުމަތީ ޕޭވްމަންޓު މަތީ މުދާ ބަހައްޓައިގެން ވިއްކާތީ، އެގްޒޯސް ރަނގަޅު ނުކޮށް ހުރުމުން، ހުއްދަ ބޯޑުނެތި މަގުމަތީ ސިމެންތި މަސައްކަތް ކުރުން، ހުއްދަ ބޯޑު ނެތީ ކުލަލުން ފަދަ ކަންކަމާއި ހެދި ކަމަށް ކައުންސިލުން ބުނެ އެވެ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް