ads
މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގައި ކާބޯތަކެތި ފުރިފައި. އެކަމަކު މީހުން މަދު
ރޯދަ ބާޒާރު: ލޯކަލް މާރުކޭޓުގެ ޑިމާންޑު ދަށަށް
މީގެ އަހަރުތަކެއް ކުރިން ވެސް ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓު ނުވަތަ ދަތުރުވެރިންގެ މާރުކޭޓަކީ އެންމެ ޑިމާންޑު ބޮޑު ތަނެވެ. ހާއްސަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، އެ މާރުކޭޓުގައި ހުންނަ ގޮޅިތަކަށް އޮންނަ ޑިމާންޑު ވަރަށް ބޮޑެވެ. ނަމަވެސް މިހާރު މިވަނީ އެމަންޒަރު ބަދަލުވެފަ އެވެ.

މިހާރު ފެންނަ މަންޒަރަކީ، ބާޒާރުމަތީގައި ހުންނަ، ލޯކަލް މާރުކޭޓަށް ކާބޯތަކެތި ގަންނަން އަންނަ އާންމުން މަދުކަމެވެ. ސަބަބެއް ކަމަށް ބެލެވެނީ ހާއްސަކޮށް ރޯދަ މަހަށް ބާރުބޮޑު ބާޒާރުމަތީގެ ގޮޅިތަކަށް ނުގޮސް ފަރުޖެހެން އޮތުމެވެ. އެއް ސަބަބަބީ މާލޭގެ އެކި ހިސާބުތަކުގައި ހުޅުވާފައި ހުރި މޭވާ އާއި ތަރުކާރީ ވިއްކާ މާރުކޭޓްތަކަށް ޑިމާންޑް ބޮޑުވުމެވެ

ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު މިއަދު ބުނީ މިހާރު އެތަނަށް އޮންނަ ޑިމާންޑް ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ މާލެ ތެރޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން އިސްވެ، ކުދިކުދި މާރުކޭޓުތައް ހުޅުވާ، އާންމުންނަށް އެތަންތަނުން ބާޒާރުމަތިން ލިބޭ އަގާއި ދާދި އެއްވަރަކަށް ތަކެތި ލިބުން ކަމަށް އޭނާ ބުންޏެވެ. 

"ބައެއް މީހުން ބުނޭ އަގު ބޮޑޭ. އެކަމަކު އަޅުގަނޑުގެ މިތަނުން ކަރާ ކިލޯއެއް ވިއްކާ އަގަށް އެތަނުން [އަމީނީ މަގުގައި ހުންނަ މާރުކޭޓުން] ވެސް ވިއްކާ. އެހެންވީމާ އެސަރަހައްދުގައި އުޅޭ މީހުން ދޭ އެތަނަށް،" ބާޒާރުމަތީގައި ހުންނަ ލޯކަލް މާރުކޭޓުގެ ގޮޅިއެއް ހިންގާ މީހަކު ބުންޏެވެ.

ކުރިން އާންމުން ބާރު ބޮޑު ބާޒާރުމައްޗަށް ގޮސް އުޅެނީ ގޭ ދޮށުން ނުވަތަ މާލެ ތެރޭގައި އެފަދަ ތަކެތި ވިއްކާ ތަންތަން މަދުވުން ކަމަށް ބުނެވިދާނެ އެވެ.

your imageމާރޗް 18، 2024: އަމީނީމަގު ލޯކަލް މާރުކޭޓް -

މިއަދުގެ ތަކެތީގެ އަގުތައް މަޖީދީމަގުގައި ހުރި މާރުކޭޓުން

ފޭރު ކިލޯއެއް 100ރ އަށް ލިބެން ހުރިއިރު، މެންޑަރިން ކިލޯއެއް ލިބެން ހުރީ 80ރ. އާއި 100ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކަނޑޫދޫ މިރުހުގެ އިތުރުން ލާމު މިރުސް ހުރިއިރު، ލާމު މިރުހުގެ 100 ގްރާމު 40ރ. އަށް ލިބެން ހުއްޓެވެ. އަދި ކަނޑޫދޫ މިރުހުގެ 100 ގްރާމު ލިބެން ހުރީ 60ރ އަށެ އެވެ.

ބަނބުކެޔޮ ތިޔާގިކޮށް ފެނިގެންދިޔައިރު، މިއަދު ބަނބުކޭލެއް ލިބެން ހުރީ 30ރ. އާއި 40ރ. އަށް އެއްޗެކެ އެވެ. އަދި ރާއްޖެ ދޮންކެޔޮ ކިލޯއެއް 40ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުއްޓެ އެވެ.

މީގެއިތުރުން ކާށީގެ އަގު 5ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ގަބުޅިއެއް ލިބެން ހުރީ 15ރ. އަށެވެ. އަދި ކިއުކަމްބާ ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ.

ފަތްޕިލާވެއްޔަށް ބަލާއިރު ކުއްޅަފިލާފަތް ބޮނޑިއެއް 15ރ. އާއި 10ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ކޮޕީފަތް ބޮނޑިއެއް ހުރީ 10ރ. އާއި 15ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކަންކުން ބޮނޑިއެއް 20ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ހިކަނދިފަތް ފަތް ބޮނޑިއެއް ލިބެން ހުރީ 10ރ. އަށެވެ.

ކެރެޓު ކިލޯއެއް 45ރ. އަށް ހުރިއިރު، ކެބެޖު ކިލޯއެއް ހުރީ 55ރ. އަށެވެ. އަދި ލޭޑީސް ފިންގާ 50ރ. އަށް ކިލޯއެއް ހުރިއިރު، ތޮރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށް ކިލޯއެކެ އެވެ. ކެޕްސިކަމް ކިލޯއެއް ލިބެން ހުރީ 60ރ. އަށެވެ.

ދިވެހީންގެ ތެރޭގައި އަބަދުވެސް ވަރަށް މަގުބޫލު ދެ މޭވާ ކަމުގައިވާ، އޮރެންޖުގެ އަގު ބޮޑުވި އިރު ބާޒާރުގައި އާފަލުގެ އަގުވެސް މިއަދު ވަނީ އުފުލިފައެވެ. އެގޮތުން މާރުކޭޓުގައި އޮރެންޖާއި އާފަލު އުޅެނީ 8 ރުފިޔާ އާއި 10 ރުފިޔާއާ ދެމެދުގައެވެ. 

ރޯދަ މަސް ފެށި ހަފްތާއެއް ނިމުނުއިރު، އަގުތަކަށް އަދިވެސް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ ރޯދަމަހު ބާވަތްތަކުގެ ޑިމާންޑް މަތިވެގެންދާ މިންވަރު އިތުރުވުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް