ads
ފޮޓޯ: އުރީދޫ
އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު
އުރީދޫ މޯލްޑިވްސްއިން މި ރޯދަމަހު ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

އުރީދޫއިން ބުނީ އެ ކުންފުނިން ރޯދަމަހު ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ޕާޓްނަރެއްގެ ގޮތުގައި ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އެއާއެކު އުރީދޫގެ ކަސްޓަމަރުންނަށް ދެ އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އުރީދޫއިން ބުނެ އެވެ.

މި ރޯދަމަހު ޕީސް ފައުންޑޭޝަނާއި ގިބްލަ ގްރޫޕާ ގުޅިގެން އުރީދޫގެ މީސް މީޑިއާ މެދުވެރިކޮށް ރޯދަ ކުއިޒެއް ވަނީ ފަށާފަ އެވެ. މި ކުއިޒުގައި ބައިވެރިވުމަށް އުރީދޫގެ މީސް މީޑިއާގައި އާއްމުކުރެވޭ ސުވާލުތަކަށް ދެވިފައިވާ ސުންގަޑީގެ ކުރިން ޖަވާބު ކޮމެންޓުރަން ޖެހޭނެ އެވެ.

ދީނީ މައުލޫމާތު ކަސްޓަމަރުންގެ ތެރޭގައި އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދެވޭ މި ކުއިޒުގެ އިނާމަކަށް ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕުގެ ފަރާތުން ހުށައަޅާފައިމިވަނީ އުމްރާ ދަތުރެކެވެ. މި އިނާމު ލިބޭނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކުރާ ފަރާތަކަށް ކަމަށް އުރީދޫއިން މައުލޫމާތުދެ އެވެ. އަދި އެއް ފަރާތަށް ވުރެ ގިނަ ފަރާތުން ރަނގަޅު ޖަވާބުތައް ދިމާކޮށްފިނަމަ އިނާމު ލިބޭ ފަރާތެއް ހޮވާނީ ގުރުއަތުން ކަމަށް އެ ކުންފުނިން ބުނެ އެވެ. 

ގިބްލަ ހައްޖު އަދި އުމްރާ ގްރޫޕުގެ ޑިރެކްޓަރު އިބްރާހީމް އަޝްވާގު ވިދާޅުވީ އުރީދޫއިން ކުރިއަށް ގެންދާ ރޯދަ ކުއިޒުގެ ސަބަބުން ގިނަ ބަޔަކަށް ދީނީ މައުލޫމާތު ލިބިގެންދާނެކަމަށް ޔަގީންކުރާ ކަމަށެވެ.

“އުންމީދަކީ ގިބްލަ ގެ ފަރާތުން ހުށައަޅާ ޢުމްރާ ދަތުރުގެ ސަބަބުން އުރީދޫގެ ރަމަޟާން މަހު ހިންގަމުންދާ ހަރަކާތްތަކުގައި ގިނަބަޔަކު ބައިވެރިވުން."

މީގެއިތުރުން އުރީދޫގެ އަތޮޅު ދުވުން ގޭމުގެ މާޗު މަހުގެ ގިފްޓް ޕާޓްނަރަކީވެސް ގިބްލަ ހައްޖު އަދި އުމްރާ ގުރޫޕެވެ. އަދި މާޗު މަހުގެ ލީޑާބޯޑުގެ އެއްވަނައަށް ދާ ފަރާތަކަށް (31 މާޗު 2024, 11:59 ނިޔަލަށް) ދެ މީހެއްގެ އުމްރާ ދަތުރެއް ހުށަހަޅާފައިވާ ކަމަަށް އުރީދޫއިން ބުނެ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް