ads
ސޯޝަލް މީޑިއާގައި އެނެމް ނުފޫޒު ގަދަ އެޕް އެކްސް
ދުވާލަކު 1.7 މިލިއަން މީހުން އެކްސްއާ ގުޅޭ
ދުވާލަކު .17 މިލއަން މީހުން އެކްސްއާއި ގުޅޭކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ސޯޝަލް މިޑިއާގައި އެންމެ ނުފޫޒު ގަދަ އެޕަކީ ކުރިން ޓްވިޓަރގެ ނަމުގައި ބޭނުންކޮށް މިހާރު އެކްސްގެ ގޮތުގައި ބޭނުންކުރަމުން އަންނަ އެޕެވެ. 

އެކްސް އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލަކު 1.7 މިލިއަން މީހުން މުޅިން އަލަށް އެކްސްއާ ގުޅެއެވެ. މި އަަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 8 ބިލިއަނަށްވުރެ ގިނަ އެކްޓިވް ޔޫޒަރ މިނިޓް އެކްސްގައި ހުރިއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ އެރުމަށްކަމަށް އެކްސްއިން ބުނެއެވެ. 

އެކްސްގައި މީހުން ހޭދަ ކުރާ ވަގުތަށް ބަލާއިރު މިއަހަރު ދުވާލެއްގެ މައްޗަށް އެކްސް ބޭނުންކުރާ ވަގުތު 13 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ފާއިތުވި 6 މަހަށް ބަލާއިރު މޮބައިލުން ވަގުތު ހޭދަކުރާ މިންވަރު 17 އިންސައްތައަށް އިތުރުވެފައިވާކަމަށްވެސް އެކްސް އިން ބުނެއެވެ. 

އެކްސްގެ ހިސާބުތައް ދައްކާގޮތުން އެ އެޕް ބޭނުންކުރާ މީހުންގެ އަދަދު 250 މިލިއަނަށްވުރެ މައްޗަށް އަރައެވެ. އަދި އަހަރަކު 550 މިލިއަން މީހުން ޒިޔާރަތްކުރާކަމަށްވެސް އެ އެޕުން ބުނެއެވެ. 

އެކްސް ބޭނުންކުރާ މީހުން އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 30 މިނެޓު އެކްސްގައި ހޭދަކުރާކަމަށްވެސް ދިރާސާތަކުން ދައްކައެވެ. 

ޓްވިޓަރގެ ނަމަުގައި ބޭނުންކުރަމުންދިޔަ އެޕް ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލޮން މަސްކް ގަތީ 44 ބިލިއަން ޑޮލަރަށެވެ. އޭނާ ޓްވިޓަރ ގަތީ އެކުންފުނީގެ %9 ހިއްސާ ނަގާ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރަކަށް ވުމަށްފަހުއެވެ. ޓްވިޓަރ ގަތުމަށްފަހު އެލޮން ވަނީ އޭފގެ ނަން އެކްސްއަށް ބަދަލުކޮށް އާމްދަނީ ލިބޭ އެއްޗެކަށް ހެދުމަށް ބައެއް ބަދަލުތައް ގެނެސްފައެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް