ads
މާލޭގެ މަގުތަކަށް އަޅާފައިވާ ކުނިތައް ކައުސިލުން ނަގަނީ
މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންގެ ފޮޓޯ، ވީޑިއޯ ފޮނުވާދޭން ކައުންސިލުން އެދެފި
މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާދިނުމަށް މާލޭ ސީޓީ ކައުންސިލުން އެދެފިއެވެ.
Advertisement

ރޯދަމަހާއި ދިމާކޮށް ގެތައް ސާފުކުރުމަށްފަހު އުކާލަން ޖެހޭ އެއްޗެހި ފަހަކަށް އައިސް ބައެއް މީހުން އަންނަނީ މަގުތަކާއި ގޯޅިގޯޅި ކަންމައްޗަށް އުކާލަމުންނެވެ. މިގޮތަށް ހުންނަ ކުނިތައް ކައުންސިލުން ނަގާ ސާފުކުރިނަމަވެސް އަނެއްކާވެސް ހުންނާނީ ކުނި އަޅާފައެވެ. 

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ މަގުމަތީ އަދިވެސް ކުނި ބަހައްޓަމުންދާކަން ފާހަގަކުރެވޭކަމަށެވެ. މިގޮތަށް ރައްޔިތުންނަށް އުދަގޫވާ ގޮތަށް ކުނި ބަހައްޓާ ފަރާތްތަކުގެ ފޮޓޯ އަދި ވިޑިއޯ ފޮނުވާ ދިނުމަށް މާލޭ ސިޓީ ކައުންސިލުން އެދިފައެވެ.

މާރިޗުމަސް ފެށުނު ފަހުން މިހާތަނަށް މާލޭގެ މަގުތަކުން 400 ވުރެ ގިނަ ޓަނުގެ ކުނި ސިޓީ ކައުންސިލުން ވަނީ ނަގާފައެވެ. އިއްޔެ އެކަނިވެސް 22.3 ޓަނުގެ ކުނި ނަގާފައިވާކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ހޯދާ އަންނަނީ ޖޫރިމަނާކުރަމުންނެވެ. މިހާތަނަށް 100 ވުރެ ގިނަ މީހުން ޖޫރިމަނާވަނީ ކޮށްފައެވެ. ކުނި އަޅާ ކޮންމެ މީހަކުވެސް ޖޫރިމަނާ ކުރަނީ 500 ރުފިޔާއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް