ads
ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭނުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
ޕީޕީއެމް/ޕީއެންސީ މަޖްލިސް ކެމްޕޭން: ރައީސް މިއަދު ވަޑައިގަތީ ގަލޮޅު ދެކުނަށް!
ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީސް އިންތިހާބުގެ ކެމްޕޭނަަށް ޕީޕީއެމް/ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަތީ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕޭން ހަރަކާތާ އެވެ.

މިއަދު މެންދުރުފަހު 14:00 ގައި ރައީސް ވަނީ ގަލޮޅު ދެކުނު ދާއިރާއަށް ވަޑައިގަންނަވާފައެވެ. ރައީސްގެ އަރިހުގައި ގަލޮޅު ދެކުނު ދާއިރާއިން މަޖްލިސް އިންތިހާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު (އިބުޓީ) ބައިވެރިވެ ވަޑައިގެންނެވިއެވެ. އިބުޓީ އަކީ ސިޓީ ކައުންސިލުގައި މިހާރު ވެސް އެ ދާއިރާގެ ތަމްސީލް ކުރައްވާ ބޭފުޅެކެވެ.

ގަލޮޅު ދެކުނުގައި މިއަދު ހިންގި ކެމްޕޭން ހަރަކާތުގެ ތެރޭގައި  އެ ދާއިރާގެ ބައެއް ގެތަކަށް ރައީސް ވަޑައިގެންނެވި އެވެ. އަދި މާލެ ހިޔާ ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މިއަދުގެ ހަރަކާތުގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިންގެ އިތުރުން، ސްޓޭޓް މިނިސްޓަރުން އަދި ނައިބު ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. 

ޕީޕީއެމް/ޕީއެންސީން ކުރިއަށް އޮތް ރައްޔިތުންގެ މަޖްލީސް އިންތިހާބުގެ ކެމްޕޭން ހަރަކާތްތައް ރައިސް މުޢިއްޒު އިއްޔެ ވަނީ ފައްޓަވާފައެވެ. އެގޮތުން އިއްޔެ ވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާއަށެވެ. 

ރައީސް ޑރ. މުޢިއްޒު މަޖްލިސް ކެމްޕެއިން ރަސްމީކޮށް މާލެ ސަރަހައްދުގައި ފެއްޓެވުމަށް ނިންމަވާފައިވާއިރު، ދާދި ފަހުން ރައީސް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރާއްޖޭގެ ބައެއް ރަށްރަށަށް ވަޑާއިގެން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް