ads
އެމްއޯސީގެ އެނުއަލް މީޓީން
ކޮމިޝަނާއަށް ހުށަހަޅާ ލިޔުންތައް އެމްއޯސީއަށްވެސް ފޮނުވަން ޖެހޭ
ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރު އެސޯސިއޭޝަންތަކުން ހުށަހަޅާ ލިޔުންތައް، މީގެ ފަހުން، މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އަށް ވެސް ހުށަހަޅަން ޖެހޭ ގޮތަށް ނިންމައިފިއެވެ.

ސްޕޯޓްސް ކޮމިޝަނަރަށް އެސޯސިއޭޝަންތަކުން ހުށަހަޅާ ލިޔުންތައް، އޮލިމްޕިކް ކޮމެޓީ އަށް ވެސް ހުށަހަޅަން، ނިންމީ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ. 

ކުޅިވަރު އެސޯސިއޭޝަންތަކަކީ ކުޅިވަރުގެ ގާނޫނަށް ތަބާވާން ޖެހޭ އެސޯސިއޭޝަންތައް ކަމަށާއި އެކަން ރަނގަޅުގޮތުގައި ދޭތޯ ކަށަވަރުކުރަން ކުރަން ޖެހޭ ކަންކަން އޮލިމްޕިކް ކޮމިޓީން ވެސް ކުރަން ޖެހެއެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުން ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ހުށަހަޅާ ލިޔުންތައް އޮލިމްޕިކް ކޮމިޓީ އަށް ހުށަހަޅަން ޖެހޭ ގޮތައް ނިންމިއިރު, ސްޕޯޓްސް ކޮމިޝަނަރު ވަނީ މި ފަހުން، ތިން އެސޯސިއޭޝަނަކާ ގުޅޭ އެކި ކަހަލަ މައްސަލަތައް ބަލައިފަ އެވެ. އެއީ ވޮލީ، ފުޓްބޯޅަ އަދި ބެޑްމިންޓަން އެސޯސިއޭޝަން އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް