ads
އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
ޑޮލަރުގެ ރޭޓް ހަމައަކަށް އެޅެން ފަށައިފި : ސައީދު
ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި އެކު ޑޮލަރުގެ ރޭޓް ދަށަށް ދާން ފަށާފައިވާކަމަށް އިގްތިސާދާއި ބޭހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގެން ރޭވުންތެރިކަމާއި އެކު އެޅުއްވި ފިޔަވަޅުތަކާއި ކުރެއްވި ބުރަ މަސައްކަތުން ރާޢްޖެ އޮތް އިގްތިސާދީ ނުތަވަނަސްކަމުގެ ހާލަތުން އަރައިގަންނަމުންދާކަމަށެވެ.

އގްތިސާދާއި ބެހޭ ވަޒީރު ސައީިދު ވިދާޅުވީ ރަމަޟާން މަހާއި އުމްރާ އާއި އިމްޕޯޓް ބޮޑުވުމާ ދިމާކޮށް ޑޮލަރުގެ އަގު ބޮޑުވި ނަމަވެސް ޑޮލަރުގެ ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަމަށެވެ، އަދި ކުރިއަށް ހުރި އިތުރު ފިޔަވަޅުތަކާއެކު ރޭޓްތައް ދަށަށް ދާނެ ކަމަށް ބެލެވޭކަމަށްވެސް ސައީދު ވިދާޅުވިއެވެ. 

ރޯދައިގެ ކުރިން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 18 ރުފިޔާ އާއި 20 ރުފިޔާއާއި ދެމެދުގެ ގައެވެ. އެހެންނަމަވެސް މިހާރު ބައެއް ފަހަރަށް 17 ރުފިޔާއަށް ކަޅު ބަޒާރުގައި ޑޮލަރު ގަންނަން ލިބޭކަމަށް ބައެއް މީހުން ބުނެއެވެ. 

ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދިޔަ ހަތް ބިދޭސީއަކު އަތުލައިގަނެ އެމީހުން ވަނީ ޑީޕޯޓްކޮށްލާފައެވެ. 

ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ބިދޭސީން ހޯދުމަށް ހޯމް ލޭންޑް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއްވެސް ވަނީ ފަށާފައެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް