ads
ރާއްޖެއަށް އެތެރެކުރި މުދާތަކެއް ބޯޓުން ބާލާ ނެރެނީ
އިމްޕޯޓް އެކްސްޕޯޓުން މިދިޔަމަހު 208މިލިއަން، މިދިޔަ އަހަރަށްވުރެ ދަށް
އިމްޕޯޓް އެކްސްޕޯޓުން މިިދޔ ަމަހު ދައުލަތަށް 208 މިލިއަން ރުފިޔާގެ އާމުދަނީއެއް ލިބިފައިވާކަމަށް މޯލްޑިވްސް ކަސްޓްމަސް ސާވިސް އިން ބުނެފިއެވެ.

އެ އިދާރާގެ ހިސާބުތައް ދައްކާގޮތުން މިިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާފެ މުދާވަނީ އިތުރުކޮށްފައެވެ. މީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު %4 އިތުރުވުމެކެވެ. 

އިމްޕޯޓް އެކްސްޕޯޓުން މިިދޔަ މަހު ދައުލަތަށް ލިބުނު އާމުދަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ކިޔާއިރު ވަނީ %30 އިންސައްތަ ދަށަށް ގޮސްފައެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ލިބިފައިވަނީ 297 މިލިއަން ރުފިޔާއެވެ. މިިދަޔަ ފެބްރުއަރީގައި ލިބުނީ 208 މިލިއަންކަމަށް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައެވެ. 

މިދިޔަމަހު ރާއްޖެއަށް އެމްމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެ ގައުމުން 657 މިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރިން އިންޑިއާއިން 606 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައިވެއެވެ. 

މުދާއެތެރެކުރި ގައުމުތަކާއި އަދަދުތައް ރުފިޔާއިން

  • އޮމާން 657 މިލިއަން 
  • އިންޑިއާ 606 މިލިއަން 
  • ޔ.ޫއ.ޭއީ 579 މިލިއަން
  • ޗައިނާ 578 މިލިއަން 
  • ސިންގަޕޫރް 403 މިލިއަން 

your imageމާލޭގެ ވިޔަފާރި ބަނދަރު

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަދަދުވަނީ މިދިޔަ އަހަރުގެ ފެބްރުއަރީއަށް ވުރެ %18 ދަށްވެފައެވެ. މިދިޔަ ފެބްރުއަރީގައި ރާއްޖެއިން ބޭރުކުރީ 191 މިލިއަން ރުފިޔާގެ މުދަލެވެ، 2023ގެ ފެބްރުއަރީގައި މިއަދަދު ހުރީ 232 މިލިއަން ރުފިޔާގައެވެ. 

މިިދިޔަމަހު މަހުގެ ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމުދަނީއަކީ 1.02 މިލިއަންކަމަށް ކަސްޓަމްސްއިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް