ads
ރޮނާލްޑޯ
ރޮނާލްޑޯ މިހުރީ ރާއްޖޭގައިތަ؟
ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، ސޯޝަލް މީޑިއާއަށް ދޫކޮށްލި ފޮޓޯއަކާއެކު އޭނާ މި ވަގުތު ހުރީ ރާއްޖޭގައި ކަމަށް ބެލެވެން ފަށައިފިއެވެ.

ސޯޝަލް މީޑިއާއަށް ރޮނާލްޑޯ އިއްޔެ ދޫކޮށްލި ފޮޓޯގައި އޭނާ ފެންނަނީ ދޮންވެލި ގަނޑެއްގެ ކައިރީ ސްވިމިންޕޫލެއް ކައިރީ އޭނާގެ ލޯބިވެރިޔާއާއެކު ހުއްޓައެވެ. ހުދު ޓީޝާޓަކާއި، އޮރެންޖް ސޯޓެއް ލައިގެން ހުދު ފައިވާނަކަށް އަރައިގެން ރޮނާލްޑޯ ހުރިއިރު، ފަހަރުން ކޮންމެވެސް ވަރަކަށް ގަސް ފެނެއެވެ. އަދި އޭގެ ދުރުން ރީތި ވިލަކާ، އަދި މާ ދުރުހުން ހުދު ވެލިގަނޑެއް އޮތް ރަށެއް ފެނެއެވެ. މި ފޮޓޯގެ ކެޕްޝަނަކަށް ރޮނާލްޑޯ ޖަހާފައިވަނީ ހަމަ އެކަނި ރަތް ހިތެއް ހިމެނޭ އިމޯޖީއެކެވެ. 

ރޮނާލްޑޯ ހުރީ ރާއްޖޭގައިކަން ކަށަވަރު ނުވިޔަސް، މާދަމާ ޕޯޗުގަލްއިން ކުޅޭ އިންޓަނޭޝަނަލް މެޗުގައި އޭނާ ނުކުޅޭނެކަން ވަނީ ކަށަވަރުވެފައެވެ. ބުރާސްފަތި ދުވަހު ސްވިޑްންއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ޕޯޗުގަލް ޓީމުގައި ރޮނާލްޑޯ ނުހިމެނީ އޭނާއަށް އަރާމުކުރުމަށް ވަގުތު ދިނުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް