ads
ހުރާ ފަތުރުވެރިންގެ ބީޗް
ޔޫއެން ގެ ބެސްޓް ޓުއަރިޒަމް ވިލެޖާސްއަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
ޔުނައިޓެޑް ނޭޝަންސް ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން ދޭ "ބެސްޓް ޓުއަރިޒަމް ވިލެޖާސް 2024" އެވޯޑަށް ވާދަ ކުރުމުގެ ފުރުސަތު ރާއްޖޭގެ ރަށްރަށަށް ހުޅުވާލައިފި އެވެ.

ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ބެސްޓް ޓުއަރިޒަމް ވިލެޖަށް ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީއަށް ފޯމު ހުށަހަޅެމަށެވެ.

ފޯމު ހުށަހަޅަންޖެހެނީ އެ ރަށެއްގެ ރަށު ކައުންސިލުންނެވެ.

ބެސްޓް ޓުއަރިޒަމް ވިލެޖާސް އެވޯޑަށް ވާދަ ކުރެވޭނީ އާބާދީގައި 15،000 ހަމަނުވާ ރަށްރަށަށް ކަމަށް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއިން އެވޯޑަށް ނޮމިނޭޓު ކުރާނީ ހުށަހަޅާ ރަށްތަކުގެ ތެރެއިން އަށް ރަށެއް ކަމަށް ވެސް ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

އދ. އިން ހިންގާ އެ ޕްރޮގްރާމުގެ ބޭނުމަކީ ފަތުރުވެރިންނަށް ޝައުގުވެރި ތަންތަން ފާހަގަކޮށް އެތަންތަން ޕްރޮމޯޓު ކުރުމެވެ. މިހާތަނަށް 40 އަށް ވުރެ ގިނަ ގައުމުން 70 އަށް ވުރެ ގިނަ ޑެސްޓިނޭޝަން އެ ޕްރޮގްރާމުގެ ދަށުން ވަނީ ފާހަގަކޮށްފަ އެވެ.

އެ އެ ވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ މާޗް 28، ގެ ހެނދުނު 10:00 ގެ ކުރިންނެވެ. ހުށަހަޅަންޖެހޭ ފޯމު މިއަދު ފަތުރުވެރިކަމާ ބެހޭ މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ހިމަނައިފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް