ދުނިޔޭގެ އުފާވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރިޗުމަހުގެ 20 ވަނަ ދުވަހެވެ.
އެމްއެންޔޫއިން ވަނީ މި ދުވަސް ފާހަގަކުރަން މިރޭ ޕަބްލިކް ފޯރަމެއް ބޭއްވުމަށް ނިންމާފައެވެ. މިރޭ 09:30 ގައި ފަށާ މި ފޯރަމް އޮންނާނީ ފެކަލްޓީއޮފް އާޓްސް ބީ ބްލޮކް އޮޑިޓޯރިއަމްގައެވެ.
އދ. އިން 2013 ވަނަ އަހަރުން ފެށިގެން އުފާވެރިކަމުގެ ދުވަސް ފާހަގަ ކުރަނީ ދުނިޔޭގެ މީހުންގެ ދިރިއުޅުމުގައި އުފާވެރިކަމުގެ މުހިންމުކަން ފާހަގަ ކުރުމަށެވެ.
ބައިނަލްއަގްވާމީ އުފާވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ގެލަޕްއިން ނެރޭ ދިރާސާ ރިޕޯޓްގައި ދުނިޔޭގެ އެންމެ އުފާވެރި ގައުމެއްގެ ގޮތުގައި އޮތީ ފިންލޭންޑްއެވެ. މިދިޔަ 6 އަހަރުވެސް އެ ރިޕޯޓްގައި އެއްވަނަ ގައުމަކަށް އޮތީ ފިންލޭންޑްއެވެ.
އުފާވެރިކަމުގެ ރޭޓު ރާއްޖޭގައި އޮތީ 10ގެ ރޭޓުން 5.2 ގައެވެ.