ads
ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލާ ރައީސް މުއިއްޒު ބައްދަލުކުރައްވަނީ
ސަރުކާރުން ކައުންސިލް އިމާރާތް އަޅާދޭ އުސޫލް، އާބާދީއަށް ގިނަ ޕޮއިންޓް
ސަރުކާރުން އަޅާދޭނެކަމަށް ރައީސް ޑރ މުުހައްމަދު މުއިއްޒު އިއުލާންކުރެއްވި ކައުސިލްތައް ކަނޑައެޅުމުގައި ރަށުގެ އާބާދީއަށް އެންމެ މަތިން މާކްސްދޭ ގޮތަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ނިންމައިފި އެވެ.

ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅުގެ ރަށްތަކަށް މިިދިޔަ މަހު ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވިދާޅުވީ މި އަހަރުގެ ތެރޭގައި އެއްފަހަރާ 50 ރަށެއްގެ ކައުންސިލް އިިމާރާތް އަޅަން ފަށާ ދެއްވާނެކަމަށެވެ. 

ރައީސްގެ މި ނިންމެވުމުގައި ވާގޮތަށް 50 ކައުންސިލު އިދާރާ ކަނޑައެޅުމުގައި ބޭނުންކުރާނެ މިންގަނޑުތަކާއި މާރކްސް ދެވޭނެގޮތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އިން ވަނީ އާއްމުކޮށްފައެވެ. 

ސަރުކާރުން އަޅާދޭ ކައުންސިލްތައް ކަނޑައެޅުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި އޮތީ ރަށުގެ އާބާދީއެވެ. އަދި އެންމެ މަތިން މާކްސްދޭ ކަންކަމުގައިވެސް އާބާދީވަނީ ހިމަނާފައެވެ. ރަށުގެ އާބާދުގެ ބޮޑުކަމަށް20 މާކްސް ލިބޭނެކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބުނެއެވެ. ދެން އެންމެ މަތިން މާކްސްދެނީ ކައުންސިލްގެ ވަސީލަތްތައް ހުރި ވަރާއި ކައުންސިލްގެ މިހާރުގެ އިމާރާތުގައި ހާލަތަށެވެ. މި ދެބަައިން ކޮންމެ ބަޔަކަށްވެސް 20 މާކްސް ދިނުމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. 

ކައުންސިލްތައް ކަނޑައެޅުމުގައި މާކްސްދޭ ގޮތް

  • ރަށުގެ އާބާދީ / 20 މާކްސް  
  • ކައުންސިލުންގެ ވަސީލަތް / 20 މާކްސް
  • ޢިމާރާތުގެ ހާލަތު (އިމާރާތުގެ އައުބައުމިން)  / 20 މާކްސް
  • ކައުންސިލަރުން މަސައްކަތް ކުރާނެ ޖާގަ / 10 މާކްސް
  • މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ / 10 މާކްސް 
  • އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ ޖާގަ / 10 މާކްސް 
  • ކަންގަތި އެވޯޑް ލިބިފައިވުން / 10 މާކްސް 

ކައުންސިލްތައް ހޮވާނެ މިންގަނޑުތަކާއި މާރކްސް ދެވިފައިވާ ގޮތާމެދު އެއްވެސް ކޮމެންޓެއް އޮތްނަމަ މިމަހުގެ 28ގެ ކުރިން ހުށައެޅުމަަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބުނެއެވެ. ކޮމެންޓް ހުށައަޅަން ޖެހެނީ  [email protected] އަށްކަމަށް މިނިސްޓްރީން ބުނެއެވެ. 

50 ރަށެއްގައި އަޅާ ކައުންސިލް އިމާރާތްތައް އަޅާނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންކަމަށް ލޯކަލް ގަވަރމެންޓް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް