ގައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ ފަންނުތައް ކުރިއެރުވުމަށް ހުރިހާ ބޭފުޅުންގެ އެއްބާރުލުން މުހިންމު ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ

Advertisement
ނައިބު ރައީސް ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިދާޅުވަމުން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ނައިބް ރައީސް ވިދާޅުވީ ގައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ މިފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.
ސަރުކާރުން އުފެއްދި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދަނީ ޒަމާނަށް ފެތޭ ގޮތަށް ފަންނާއި އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތް ކުރަމުނުނެވެ.
އެގޮތުން ވަރަށް ފަހުން ވުޒާރާގެ ވެބްސައިޓު އާކުރުމަށް ފަހު އަލުން ލޯންޗުކޮށްފައެވެ.
މި ވެބުސައިޓުގައި ރާއްޖޭގެ މާއްދީތަރިކައާއި މާނާވީ ތަރިކައާ ބެހޭ މައުލޫމާތު ހިމެނިގެންދާނެއެވެ. އެގޮތުން މައުލޫމާތުތަކުގެ އޯޑިއޯ އާއި ވީޑިއޯވެސް މި
ވެބްސައިޓުގައި ހިމެނޭނެއެވެ.