ads
ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި
ޓަނެއްގެ ޑްރަގު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް
ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާކުރި ތިން މީހުންގެ ތެރެއިން އެކަކު އުމުރަށް ޖަލަށްލައި، އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އުމުރަށް ޖަލަށްލާން ހުކުމްކުރީ، ގދ. ހޯޑެއްދޫ ގުލޭނޫރަންމާގެ އަލީ ޒުބައިރުއެވެ. އެއީ އުމުރުން 52 އަހަރުގެ މީހެކެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި އެހެން ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށްވެސް ބުދަ ދުވަހު ހުކުމް ކުރިއެވެ.

މިއީ، ޑިސެމްބަރު 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަހައްދުތަށް ބަލައި ފާސްކޮށް 119 ކިލޯގެ ޑްރަގް އަތުލައިގަތް މި މައްސަލައެވެ. އެ އޮޕަރޭޝަންގައި މެރީ ބްރައުން ކައިރިން ދެ މީހަކު ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ޓެކްސީ ހުއްޓުވައި އޭގެ ތެރޭ ތިބި ތިން މީހުން ހައްޔަރުކޮށް އެ ތިން މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއެވެ.

މި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. ޒުބައިރުގެ މައްޗަށް ކުށް ސާބިތުވީ ޒުބައިރުގެ ސައިކަލު މަޑިދަށުން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެންނެވެ. އަދި ކާރަކުން މަސްތުވާތަކެތި ފެނުނުއިރު، މި ކާރަކީ ޒުބައިރުގެ ކާރެކެވެ.

މި 119 ކިލޯގެ ޑްރަގްގެ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ 2020ވަނަ އަހަރު ދައުވާކުރި ކުރީގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދޫކޮށްލާފައި ތިއްބަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް