ads
ދަނޑު އަޅަން ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
ހަތަރު ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ހަވާލުކޮށްފި
ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ބަޔަކާ ހަވާލުކޮށް، ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުމަށް ހަވާލުކޮށްފައިވާ ހަތަރު ރަށަކީ، ފުވައްމުލަކު ސިޓީ (ދަނޑިމަގު)، ހދ.ވައިކަރަދޫ، ށ.ފުނަދޫ އަދި ހއ. ވަށަފަރެވެ. މި ހަތަރު ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ސްޕޯޓްސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ބޮޑުތިލަ އިންވެސްޓްމަންޓް، މޯލްޑިވްސް އެޝުއަރ ސަޕްލައި އަދި ކޯލްޑް ރީފްއާއެވެ.

ފުވައްމުލަކު ސިޓީ ދަނޑިމަގު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިއަން ހަލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ ތިރީސް ހަލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

ހދ. ވައިކަރަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،395،104.82 (ހަތަރު މިލިއަން ތިންލައްކަ ނުވަދިހަ ފަސްހާސް އެއްސަތޭކަ ހަތަރު ރުފިޔާ އަށްޑިހަ ދެލަރީ) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

ށ. ފުނަދޫ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ، 84 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 3،110،670.00 (ތިންމިލިއަން އެއްލައްކަ ދިހަހާސް ހަސަތޭކަ ހަތްދިހަ ރުފިޔާ) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

ހއ. ވަށަފަރު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރުމަށްވެސް މިނިސްޓްރީން ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާ، 82 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. މި ޕްރޮޖެކްޓް އަކީ ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،823،382.00 (ހަތަރުމިލިއަން އަށްލައްކަ ތޭވީސްހާސް ތިންސަތޭކަ އަށްޑިހަ ދެރުފިޔާ ފަސްދޮޅަސްލާރި) ހަރަދުކޮށްގެން ކުރިޔަށްގެންދަން ނިންމާފައިވާ މަސައްކަތެކެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް