ads
ބާޒާރު
ރޯދަ ބާޒާރު: އަގު މިއަދު ހުރި ނެތް ގޮތް
މާލޭ ދަތުރުވެރިންގެ މާރުކޭޓު ބައެއް ތަކެތީގެ އަގުތަށް މިއަދު ހުރިގޮތް ގެނެސްދޭނަމެވެ.
Advertisement

ބާޒާރުގައި މިއަދު މަދުން ނަމަވެސް ދިވެހި ޖުމްހޫރީ މޭވާ ހުރިއިރު، ކިލޯއެއްގެ އަގު ހުރީ 150ރ. އަށެވެ. އަދި ލަންކާ، އިންޑިއާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ކިލޯއެއްގެ އަގު ހުރީ 130ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ރޯދަ ބާޒާރު"ގެ އިތުރު އަގުތައް:

  • ކަރާ: 15-25 ރުފިޔާއަށް ކިލޯއެއް
  • ބޯށި: 40 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 35 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 65 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 80 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 100 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-40 ރުފިޔާއަށް
  • ފެޝަން ފުރުޓް: 60 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 60 އަށް ކިލޯއެއް
  • ފުސްކެޔޮ: 150 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: 10 ރުފިޔާއަށް
  • އާފަލު: 12 ރުފިޔާއަށް
  • ކޮޕީ 3 ފަތް: 10 ރުފިޔާއަށް
  • ކަންކުން ފަތް: 5 ރުފިޔާއަށް
  • ލެޓިއުސް: 60 ރުފިޔާއަށް ކިލޯއެއް
  • ކުއްޅަފިލާފަތް ބޮނޑިއެއް: 15 ރުފިޔާއަށް
  • މެންޑްރިން: 55 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 250-150 ކިލޯ
  • އަންނާރު: 70 ރުފިޔާއަށް ކިލޯ
  • ދަނޑިއަލުވި: 60 ރުފިޔާއަށް ކިލޯއެއް 
  • ކައްޓަލަ: 35-60 ރުފިޔާއަށް ކިލޯއެއް

މިރުހުގެ އަގުތަކަށް ބަލާއިރު ށ.އަތޮޅު މިރުސް ހުރީ 100 ގްރާމު 30ރ. އަށެވެ. އަދި ކަނޑޫދޫ މިރުހުގެ 100 ގްރާމު 35ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި ހުރިއިރު، ލަންކާ މިރުހުގެ 100 ގްރާމު ލިބެން ހުރީ 25ރ. އަށެވެ.

މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އުފުލިފައި ވަނީ އެތަކެތި މަދުވެ ޑިމާންޑް މަތިވެފައިވާތީ ކަމަށެވެ.

މަސް މާރުކޭޓުގެ އަގުތައް:

  • ކަނޑުމަސް: 20-35 ރުފިޔާއަށް ކިލޯއެއް
  • ކަންނެލި: 35-45 ރުފިޔާއަށް ކިލޯއެއް
  • ރެހި ޖޯޑެއް: 15 ރުފިޔާއަށް
  • ގޮދާ: 30 ރުފިޔާއަށް ކިލޯއެއް
  • މާނިޔަ މަސް: 65 ރުފިޔާއަށް މަހެއް
  • ހަންޖެއް: 75-350 ރުފިޔާއަށް
  • މުށިމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ދޮންމަސް: 20 ރުފިޔާއަށް ހަތަރު މަސް
  • ރިތް މަސް: 20 ރުފިޔާއަށް ހަތަރު މަސް
  • މެދު ސައިޒުގެ ރަތް މަހެއް: 80 ރުފިޔާއަށް
  • ކުރު މަހެއް: 500 ރުފިޔާއަށް
  • މެދު ސައިޒުގެ ފިލޮޅެއް: 85 ރުފިޔާއަށް
  • މެދު ސައިޒުގެ ފާނައެއް: 85 ރުފިޔާއަށް
  • މެދު ސައިޒުގެ ތޮޅިއެއް: 55 ރުފިޔާއަށް
  • ހެޔޮވަރު ރަތް މަހެއް: 250 ރުފިޔާއަށް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް