ads
ބައްސާމް
އެފްއޭއެމް އިންތިހާބު ފީފާއިން ހުއްޓުވައިފި
އެފްއޭއެމް އިންތިހާބު ފީފާއިން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ފީފާއަށް ގިނަ ޝަކުވާތަކެއް ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން އެފްއޭއެމާއެކު ފީފާއިންވަނީ މަޝްވަރާތަކެއް ފަށާފައެވެ. ފީފާގެ އެންގުމާ ގުޅިގެން އިންތިހާބު ފަސްކޮށްފައިވާކަން އެފްއޭއެމުންވެސް ކަށަވަރުކޮށްދީފައިވެއެވެ.

ފީފާއިން އިންތިހާބު ހުއްޓުވިއުރ، އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށްފައިވާ އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވެފައިވާއިރު، އެ މަގާމަށް ކުރިމަތިލެއްވީ ބައްސާމްއާއި އަހްމަދު ތާރިގު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް އަނެއްކާވެސް ބައްސާމް ކުރިމަތިލެއްވި ކަމަށް ހަބަރު ލިބިފައިވާއިރު، ބައްސާމް އަދީލް ޖަލީލްއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ހިޔާނާތުގެ ދައުވާގެ ޝަރީއަތްވަނީ ފަށާފައެވެ. ބޮޑު ޖަލު ހުކުމެއް އަތުވެދާނެ ދައުވާތަކެއް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އިތުރު ކުށުގެ ޢަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް