ads
ބެޑްމިންޓަން ރައީސް މޫސަ
ބެޑްމިންޓަން އިންތިހާބު އެންމެ ފަހުން ފަސްކޮށްފި
އައްޑޫ ސިޓީގައި ބާއްވަން މަސައްކުރަމުން އައި، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު އެންމެ ފަހުން ފަސްކޮށްފިއެވެ.

މިރޭ އައްޑޫ ސިޓީގައި ބާއްވަން މަސައްކުރަމުން އައި، ބެޑްމިންޓަން އިންތިހާބު ފަސްކުރީ، އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެއެވެ. 

އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އިންތިހާބު ފަސްކުރަން ނިންމިއިރު، ދެ ފަހަރެއްގެ މަތިން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްވަނީ އިންތިހާބު ފަސްކުރަން އެ އެސޯސިއޭޝަނަށް އަންގާފައެވެ. އަދި އޭގެ ފަހުން އޭސީސީންވެސްވަނީ އިންތިހާބު ފަސްކުރަން އަންގާފައެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުން މިއިން އެއްވެސް އެންގުމަކަށް ބޯލަބައި އިންތިހާބު ފަސްކުރުމުގެ ވިސްނުމެއް ގެންގުޅުނު ކަމެއް ފާހަގައެއް ނުކުރެވެއެވެ.

ބެޑްމިންޓަން އިންތިހާބު އެންމެ ފަހުން ފަސްކުރިއިރު،  އޭސީސީއަށް ބެޑްމިންޓަން އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަތަކަކާ ގުޅިގެން އެސޯސިއޭޝަންގެ އޮފީހަށް ވަދެ، ރެއިޑްވެސް ކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް