ads
ސުޖަން
ލަންކާގެ ކެޕްޓަނަކަށް އަނެއްކާވެސް ސުޖަން
ސްރީ ލަންކާގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމަށް އަނެއްކާވެސް ސުޖަން ޕެރޭރާ ހަމަ ޖައްސައި، ފީފާ ސީރީސް ނުވަތަ ފޯނޭޝަންސް ކަޕް ކުޅެން ތައްޔާރުވެއްޖެއެވެ.

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމުގައި ކުރިންވެސް ހުރި ސުޖަން، އެ މަގާމް ނިންމީ މީގެ ދުވަސްކޮޅެއް ކުރިން ފީފާއިން ލަންކާ ފެޑެރޭޝަން ސަސްޕެންޑް ކުރި ދުވަސްވަރުއެވެ.

ސްރީ ލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލަން، ނިންމައި ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ސުޖަން އޭރު ފޮނުވި ސިޓީގައި ބުނެފައިވަނީ ފީފާގެ ސަސްޕެންޝަން އުވާލުމާއެކު ގައުމީ ޓީމުގެ ކެޕްޓަންކަމުގެ މަގާމު ދޫކޮށްލާނެ ކަމަށެވެ. އަދި އެ މުއްދަތާ ހަމައަށް ކެޕްޓަންކަމުގެ މަގާމުގައި ހުންނާނީ ލަންކާގެ ކުޅުންތެރިންގެ ހައްގުގައި ކަމަށް ސުޖަން ބުނެފައިވެއެވެ.

ސަސްޕެންޝަންގެ ސަބަބުން މިދިޔަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައިވެސް ލަންކާ ނުކުޅެއެވެ. އެހެންނަމަވެސް ސަސްޕެންޝަން އުވާލުމާއެކު، ލަންކާގައި އަލުން ބައިނަލްއ އަގްވާމީ ފުޓްބޯޅައަށްވަނީ ހުޅުވިފައެވެ. އަދި ވޯލްޑްކަޕް ކޮލިފައިން މެޗުތަކަށް ފަހު، އަމިއްލަ ގައުމުގައި ފީފާގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ފީފާ ސީރީސް މިއަދު ފަށާނެއެވެ. މި މުބާރާތުގައި ލަންކާއާއެކު ދެން ވާދަކުރާނީ ޕަޕުއާ ނިއުގުނީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ބޫޓާންއެވެ.

ލަންކާގެ ކެޕްޓަން ސުޖަން ކްލަބު ފުޓްބޯޅައިގައި ކުޅެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއަށެވެ. ސުޖަންއަކީ އަހްލާގު ރަނގަޅު މޮޅު ކުޅުންތެރިއެކެވެ. ދިވެހި ފުޓްބޯޅަ އާއިލާގައިވެސް ސުޖަންއަކީ ގިނަ ބަޔަކު ސަޕޯޓްކުރާ އަދި އިހުތިރާމް ކުރާ ކުޅުންތެރިއެކެވެ. 

ސުޖަން، ޒުވާން އުމުރުގައި ކެރިއަރުގެ އެންމެ މުހިންމު އަހަރުތަކުގައި ކުޅުނީ ރާއްޖޭގެ ކްލަބު އީގަލްސްއަށެވެ. އީގަލްސްގައި ހޭދަކުރިއިރު، ރާއްޖޭގެ ލީގުގެ މޮޅު ކީޕަރުގެ މަގާމު 2016 ވަނަ އަހަރު ހޯދިއިރު، އެ ފަހަރު ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން، އީގަލްސް އިން ހޯދިއިރު، މޮޅު ކުޅުމެއް ސުޖަން ދެއްކި އެވެ.

2021 ވަނަ އަހަރު ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕުގައި ސުޖަންވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅެ އެ ގައުމު ފައިނަލާ ހިސާބަށް ގެންގޮސްދީފައެވެ. މާލޭގައި 2021 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި އަދި 2018 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފުގައިވެސް ސުޖަން މޮޅު ކުޅުމެއް ކުޅުނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް