މިސްކިތްތައް ފޮޅާ ސާފުކުރަން 114 ދިވެހިން ބޭނުންވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް ދެ ފަހަރަށް އިއުލާންކޮށްގެންވެސް މިހާތަނަށް ލިބުނީ 14 މީހުންނެވެ. ސަބަބަކީ ކޮންޓްރެކްޓްގެ މުއްދަތި 1 އަހަރަށް އޮތުމުންކަމަށްވާރީ ކައުންސިލުން މިހާރު ވަނީ އެއް މުއްދަތު 3 އަހަރަށް ބަދަލުކޮށްފައެވެ.
މިސްކިތްތައް ފޮޅޫ ސާފުކުރުމަށް އަދިވެސް 110 ޖާގަ އޮތުމުން އެކަމަށް ކުރިމަތިލުމަށް 2 ޖިންސުންގެ ޒުވާނުންނަށް މާލޭ މޭޔަރު އާދަމް އާޒިމް ވަނީ ގޮވާލައްވާފައެވެ.
މުސާރައާއި އެލަވަންސަތައް
- މުސާރަ 5000 ރުފިޔާ
- ސާވިސް އެލަވަންސް 1500 ރުފިޔާ
- އިތުގަޑި މަހަކު 3500 ރުފިޔާ
- މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް 75 ރުފިޔާ
މިސްކިތް ފޮޅާ ސާފުކުރާ މީހުންގެ އިތުރުން މިސްކިތްކަުގައި ކުރަންޖެހޭ އެހެން ބައެއް މަސައްކަތްތަކަށްވެސް ކުރިމަތިލުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
އިތުރަށް ބޭނުންވާ މަގާމުތައް / މުސާރަ
- މޭސަން: 15000 ރުފިޔާ
- ވެލްޑަރުން: 15000 ރުފިޔާ
- ކާޕެންޓަރުން: 15000 ރުފިޔާ
- ޕްލަމްބަރުން: 15000 ރުފިޔާ
- އިލެޓްރީޝަނުން: 15000 ރުފިޔާ
- މަރާމާތުކުރާ މަސައްކަތު މީހުން: 12000 ރުފިޔާ
މާލޭ ސަރަހައްދުގެ މިސްކިތްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަަކަށް އެފުރުސަތު މިމަހުގެ 28 ނިޔަލަށް ހުޅުވާލެވިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.