ads
ހުޅުމާލެ
ސައުދީގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އަޅަނީ
ސައުދީ ސަރުކާރުގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓެއެޅުމަށް އެކަމުގެ ފައިނޭންސް އެގެރިމެންޓްގައި ސޮއިކޮށްފިއެވެ.

ހައުސިން މިނިސްްޓްރީން ބުނީ ހުޅުމާލޭގައި 400 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢަށް ޕުރޮޖެކްޓު މެނޭޖުމަންޓް ކޮންސަލްޓެންޓެއް ނެގުމާއިބެހޭ ގޮތުން ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާކަމަށެވެ. 

މި މަޝްރޫއަކީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމެންޓްގެ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެއްކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. 

ފިނޭންސް މިނިސްޓްރީ އާއި ސައުދީ ފަންޑު ފޯރ ޑިވޮލޮޕްމެންޓް އާއި ދެމެދު މި މަޝްރޫއުގެ ފައިނޭންސް އެގްރިމެންޓްގައި ސޮއިކޮށްފައިވާކަންވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. 

އެހެންނަމަވެސް މި މަޝްރޫއާއި ގުޅޭ މާބޮޑު ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ބޯ ހިޔާވަހިކަމަށް މި ސަރުކާރުން ފަށާފައިވާ އެންމެ ބޮޑު މަޝްރޫއަކީ ރަސްމާލެ މަޝްރޫއެވެ. 

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ނޫސްވެރިންނާއި ބައްދަލުކޮށް އެންމެ ފަހުން ވިދާޅުވީ ރަސްމާލެ މަޝްރޫއުގައި މިވަގުތު އެ ސަރަހައްދުގެ ބިން ހިއްކުން ކުރިއަށް ނުދާ ކަމަށާއި ނަމަވެސް މަޝްރޫއު ހުއްޓިފައި ކަމަށް ބުނާ ވާހަކަ އަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

މަސައްކަތް ފެށިއިރު، އެ ސަރަހައްދުން ވެލި ނެގުމަށް މާ ބޮޑު ސަރަހައްދެއް ސްޓަޑީކޮށްފައި ނެތުމުން ވެލި ނެގޭނެ އެހެން ދިމާތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު މުއްތަލިބް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް