ads
ލަންކާގެ ކުޅުންތެރިން
ލަންކާއާ ޕަޕުއާ ނިއުގިނީ މެޗު އެއްވަރު
ފީފާގެ އެހީތެރިކަމާއެކު އަވައްޓެރި ސްރީލަންކާގައި ކުރިއަށްދާ، ފީފާ ސީރީސްގައި ލަންކާއާއި ޕަޕުއާ ނިއުގިނީ ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ހުކުރު ދުވަހު ފެށި މުބާރާތުގައި، ރޭ ލަންކާއާ ޕަޕުއާ ނިއުގިނީ ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މި މެޗުގައި ލަންކާއަށް ނިސްބަތްވާ ބޭރުގެ އެކިއެކި ލީގުތަކުގައި ކުޅޭ ގިނަ ކުޅުންތެރިން ލަންކާ ޓީމަށް ކުޅުނެވެ. ލަންކާ ޓީމުގެ ކެޕްޓަނަކީ ރާއްޖޭގައި ކުޅޭ ކީޕަރު ސުޖަންއެވެ.

މި ވަގުތު ފީފާ ރޭންކިންގައި ލަންކާ އޮތީ 204 ވަނައިގައެވެ. އަދި ލަންކާއާ ދެކޮޅަށް ކުޅުނު ޕަޕުއާ ނިއުގިނީ އޮތީ 165 ވަނައިގައެވެ. މި މުބާރާތުގައި ލަންކާއާއެކު ދެން ވާދަކުރާނީ ޕަޕުއާ ނިއުގުނީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަދި ބޫޓާންއެވެ.  ބޫޓާނުން އިއްޔެވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އަތުން ހަ ލަނޑު ސުން ލަނޑުން ބަލިވެފައެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްއަކީ ފީފާ ރޭންކިންގެ 129 ވަނަ އެވެ.

ލަންކާގައި ކުރިއަށްދާ މި މުބާރާތަކީ ފީފާގެ އެހީތެރިކަމާއެކު ކުރިއަށްދާ މުބާރާތެކެވެ. ކުރިން ފޯނޭޝަންސް ކަޕްގެ ނަމުގައި މި މުބާރާތް 2021 ވަނަ އަހަރު ބޭއްވިއިރު، ރާއްޖެވެސް އެ ފަހަރު ކުޅުނެވެ. އެހެންނަމަވެސް މި ފަހަރު ރާއްޖެއަކަށް ދައުވަތެއް ނުދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް