ބްރެޒިލްގެ ކުރީގެ ބައިނަލްއަގްވާމީ ފުޓްބޯޅަ ކުޅުންތެރިޔާ ރޮބިނިއޯގެ މައްޗަށް ސާބިތުވި ރޭޕްކުރި މައްސަލައިގައި އޭނާގެ މައްޗަށް ނުވަ އަހަރުގެ ހުކުމެއް އިޓަލީން އިއްވީ މީގެ ދެ އަހަރު ކުރިންނެވެ. މީގެ ދެ އަހަރު ކުރިން އިޓަލީގައި އޭނާގެ މައްޗަށް ކުށް ސާބިތުވެފައި ވަނީ 2013 ވަނަ އަހަރު މިލާނުގެ ނައިޓް ކްލަބެއްގައި އަލްބޭނިއާގެ އަންހެނަކު ގޭންގް ރޭޕް ކުރި މައްސަލައިގަ އެވެ.
އުމުރުން 40 އަހަރުގެ ރޮބިނިއޯ ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ސިޓީ ސަންޓޯސްގައި ހުންނަ އޭނާގެ ފްލެޓުންނެވެ. އިޓަލީ ސަރުކާރުން އެދިފައި ވަނީ އޭނާ ހަވާލުކޮށްދިނުމަށް ނުވަތަ ބްރެޒިލްގައި އޭނާގެ ހުކުމް ތަންފީޒު ކޮށްދިނުމަށެވެ. މި އެދުމާ ގުޅިގެން ބްރެޒިލްގެ ކޯޓަކުން ވަނީ އިޓަލީން ކުރި ހުކުމަށް ތާއީދުކޮށް، ރޮބީނިއޯ ޖަލަށް ލުމަށް އޭނާ ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.